ބޯހިޔާވަހިކަމަށް ޚާއްސަ “ހިޔާވަހި ޕޯޓަލް” ލޯންޗު ކޮށްފި

ޚަބަރު ފަހުގެ

ބޯހިޔާވަހިކަމަށް ހާއްސަ ‘ހިޔާވަހި ޕޯޓަލް’ ލޯންޗު ކޮށްފިއެވެ.

މި ޕޯޓަލް ލޯންޗުކޮށްދެއްވީ އެކަމަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައި ސޯޝަލް އެންޑް ފެމިލީ މިނިސްޓަރު ޑރ. އާއިޝަތު ޝިހާމްއެވެ.

އިޝްތިހާރު
އިޝްތިހާރު

މި ޕޯޓަލްއަކީ ސަރުކާރުގެ ބޯހިޔާވަހިކަމާ ގުޅުން ހުރި ހުރިހާ ކަމަކަށް އޮންލައިންކޮށް ހުށަހެޅުމަށް ފަރުމާކޮށްފައިވާ ޕޯޓަލްއެއް ކަމަށް ހައުސިން މިނިސްޓްރީ އިން ބުނެއެވެ. އަދި މި ޕޯޓަލް އިން ހައުސިން ޕްރޮފައިލް ފުރިހަމަކޮށް ހައުސިން ސްކީމްތަކައް ހުށަހަޅައި ބޯހިޔާވަހިކަމުގެ ލޯނުތަކުގެ އިތުރުން ބޯހިޔާވަހިކަމާ ގުޅުން ހުރި ޝަކުވާ ހުށަހެޅޭނެ ކަމަށް އެ މިނިސްޓްރީ އިން ބުނެއެވެ.

އަދި އިިތުރަށް އެ މިނިސްޓްރީ އިން ބުނެފައިވަނީ އީފާސް މެދުވެރިކޮށް ހިޔާވަހި ޕޯޓަލްއަށް ލޮގިން ވެގެން ބޭނުން ކުރެވޭ މި ޕޯޓަލް ގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުން ސްކީމްތައް ހުށަހެޅުމުން އެޕްލިކޭޝަން ދަރަޖަ ކޮށް މި ޕޯޓަލް މެދުވެރިކޮށް ރާއްޖޭގައި ބޯހިޔާވަހިކަން ބޭނުންވާ ފަރާތްތައް ދެނެގަތުމާއި ރަޖިސްޓްރީކުރުމާއި އެ ފަރާތްތަކުގެ މައުލޫމާތު ރައްކާކޮށް ހައުސިންއާއި ގުޅޭ ހައުސިން ނީޑްސް އެސެސްމަންޓް ހެދުމުގެ މަސައްކަތް ކައުންސިލްތަކާ ގުޅިގެން ކުރާނެ ކަމަށެވެ.

މީގެ އިތުރުން މުސްތަގްބަލުގައި ސަރުކާރުން އެކުލަވާލާ ބޯހިޔާވަހިކަމުގެ މަޝްރޫތައް އެކުލަވާލުމަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާނީ މި ޕޯޓަލް މެދުވެރިކޮށް ކަމަށް އެ މިނިސްޓްރީ އިން ބުނެއެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޑރ. އަލީ ހައިދަރު ވިދާޅުވީ، މި ޕޯޓަލް އާ އެކު ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ ދަފްތަރެއް އެކުލަވައިލާނެކަމަށެވެ.

މިއަދު މި އިފްތިތާހު ކުރެވިގެންދިޔަ ޕޯޓަލް އަކީ މި ސަރުކާރުގެ ހަފްތާ 14 މަގު ޗާޓުގައި ހިމެނޭ ކަމެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ