ބާރަށަށް އަރައި ވައްކަން ކުރަން އުޅުނު ބަޔަކު ހައްޔަރުކޮށްފި

ހަނިމާދޫ ޚަބަރު އިޖުތިމާޢީ
ބާރަށަށް ދާން ވަގަށް ނެގި ބޮއްކުރާ

ރޭ އިރާކޮޅުގެ ވަގުތެއްގައި ބޮއްކުރައެއް ވަގަށް ނަގައިގެން، ހަނިމާދޫ ޒުވާން އުމުރުގެ 3 މީހުން ބާރަށައް އަރާ ވަކަން ކުރަމުން ދަނިކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާކަމަށް މައުލޫމަތު ލިބިޖެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެމީހުން ބާރަށަށް ދިޔުމަށް ބޭނުންކުރި ބޮއްކުރާގެ ވެރިފަރާތުން މައުލޫމަތު ދިންގޮތުގައި އެމީހުން ދަތުރުކުރަން އެދުމުން އެ ބޮއްކުރާ ގައި އެއްވެސް ތާކަށް ދަތުރު ކޮށްގެންނުވާނެ ކަމަށް އެންގި ކަމަށެވެ. ނަމަވެސް އެ ވަގަންނަގާ އަތިރިމަތީ އޮތް އެހެން ބޮއްކުރައަކުން ނަގިލި، ފަލި،އަދި ވާ ނަގައިގެން ބެޓުސީޓަކުން ރިޔާހަދައިގެން އެމީހުން ވަނީ ގޮސްފައެވެ.

ބާރަށުން މައުލޫމަތު ލިބުނު ގޮތުގައި އެމީހުން އެރަށުގެ އެކި ތަންތަނަން ވަދެ ވަޑާންކުރަން ބޭނުންކުރާ ޒާތުގެ އެކި ސާމަނު ވަގަށްނަގައިގެން އުޅެނިކޮން ބަޔަކަށްފެނިގެން ފުލުހައް ރިޕޯޓްކުރުމުން އެމީހުންވަނީ ހައްޔަރުކޮށްފައެވެ.

އެމީހުން އެރަށަށްއެރީ، ދަތުރުކުރި ބޮއްކުރާ ބާރަށު ފުއްޓަރު ފަރާތަށް ފައްތާފައެވެ. ބަރަށު ބަޔަކާ ގުޅިގެން ބޮއްކުރާ އެރަށައް ވެދުމަށްފަހު، މިހާރު ވަނީ ހަނިމާދޫއަށް ގެނެސްފައެވެ.

✍️ طلحة موسى

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ