ތިން ރަށެއްގައި މަސް ފެކްޓްރީ އަޅަން ޗައިނާ އަށް

ޚަބަރު ފަހުގެ

ރާއްޖޭގައި ތިން ރަށެއްގައި މަސް ފެކްޓްރީ އަޅަން ޗައިނާގެ ކުންފުންޏަކާ މިއަދު ހަވާލުކޮށްފި އެވެ.

ފިޝަރީޒް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއު ހަވާލުކޮށްފައިވަނީ ޗައިނާ ސަރުކާރު ހިއްސާވާ ކުންފުންޏެއް ކަމަށްވާ، ‘ޑޮންފަންގް އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަން’ އަށެވެ. މި މަޝްރޫއަށް 225 މިލިއަން ޑޮލަރު ހަރަދުވެދާނެ ކަމަށް ސަރުކާރުން ލަފާކުރެ އެވެ.

އިޝްތިހާރު
އިޝްތިހާރު

މި އެއްބަސްވުމުގެ ދަށުން ޅ. ފެލިވަރުގައި މަސް ބަންދުކުރާ ފެކްޓްރީއެއް ތަރައްޤީކުރުމުގެ އިތުރުން ގދ. ފިޔޯރީ އަދި ދ. މާދެލީގައި މުޅިން އަލަށް މަސް ފެކްޓްރީ ގާއިމުކުރުމަށް ވަނީ ނިންމާފަ އެވެ.

މި ރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ ފެލިވަރުގައި ގާއިމުކުރުމަށް ހަމަޖެހިފައިވަނީ 100 ޓަނުގެ މަސް ބަންދުކުރާ ފެކްޓްރީއެއް ކަމަށާއި ދ. މާދެލީގައި 50 ޓަނުގެ މަސް ބަންދުކުރާ ފެކްޓްރީއަކާ އެކު 1500 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް އަދި ގދ. ފިޔޯރީގައި 3000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާ އެކު 100 ޓަނުގެ މަސް ބަންދުކުރާ ފެކްޓްރީއެއް ގާއިމުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި އެއްބަސްވުމުގެ ދަށުން 18 މަސް ދުވަހުގެ ތެރޭގައި މި ތިން ރަށުގެ މަސް ފެކްޓްރީގެ މަސައްކަތް ނިންމާ އޮޕަރޭޝަނަށް ގެންނަންޖެހެ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ