ވޯޓުލާ ސަރަހައްދުގައި ޓެންޓު ޖަހައި ގޮނޑި ބެހެއްޓުމަކީ މަނާ ކަމެއް – ފުލުހުން

ޚަބަރު ފަހުގެ

މަޖިލީސް އިންތިހާބުގައި ވޯޓުލުން ކުރިޔަށްދާއިރު ވޯޓުލާ މަރުކަޒުތައް ހުންނަ ސަރަހައްދުގައި ޕާޓީތަކުން ޓެންޓު ޖަހައި ގޮނޑި ބެހެއްޓުމަކީ މަނާ ކަމެއް ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

އިލެކްޝަން ކޮމިޝަން (އީސީ) އާއި ފުލުހުން ގުޅިގެން ރޭ ބޭއްވުނު ނުސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ކޮމާންޑަރ އަބްދުﷲ ޝަރީފް ވިދާޅުވީ ވޯޓުލުން ކުރިއަށްދާ ސަރަހައްދުތަކުގައި ޓެންޓު ޖަހައި ގޮނޑި ބަހައްޓައިގެން ޕާޓީ މެންބަރުންތައް ތިބުމަކީ މަނާ ކަމެއް ކަމަށާއި ނިމިދިޔަ އިންތިހާބުގައިވެސް އެކަން މަނާ ކުރެވުނު ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޝަރީފް ވިދާޅުވީ ފުލުހުން ހަރަކާތްތެރިވާއިރު ބޮޑީވޯން ކެމެރާ ބޭނުންކުރާނެ ކަމަށާއި އޭރުން ކަމެއް ދިމާވެއްޖެ ހާލަތެއްގައި ވަގުތުން އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށެވެ. އަދި ކަނޑައެޅިފައިވާ ބައުންޑްރީތެރޭގައި ވޯޓަށް ހުރަސްއެޅޭ އެއްވެސް ކަމެއް ހިނގާނަމަ އެކަން ހުއްޓުވައި ފިޔަވަޅު އަޅަން ޖެހިއްޖެ ނަމަ ފިޔަވަޅުވެސް އަޅާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މި ވޯޓަކީ ސުލްހަވެރިކަމާއެކު ކުރިޔަށްދާ ވޯޓަކަށް ހެދުމަށްޓަކައި ހުރިހާ ރައްޔިތުން ފުލުހުންނަށް އެއްބާރުލުންދީގެން ކުރިޔަށް ގެންދިޔުމަށް ފުލުހުން ވަނީ އެދިލައްވާފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ