ހުޅުމާލޭގައި ދެ ގްރޫޕެއްގެ ދެމެދުގައި މާރާމާރީއެއް، ދެމީހަކަށް ހޮސްޕިޓަލުގައި ފަރުވާދެނީ

ޚަބަރު ފަހުގެ

ހުޅުމާލޭގައި މިރޭގެ ވަގުތެއްގައި ދެ ގްރޫޕެއްގެ ދެމެދުގައި މާރާމާރީއެއް ހިނގައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހުޅުމާލެ ފޭސް 1 ގައި ދެ ގްރޫޕެއްގެ ދެމެދުގައި މާރާމާރީއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު މިރޭ 21:00 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެގޮތުން މި މާރާމާރީގައި އަނިޔާވި ދެ މީހަކަށް ހުޅުމާލެ ހޮސްޕިޓަލް ގައި ފަރުވާ ދެމުން އަންނަ ކަމަށްވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އަދި މިހާރު މާރާމާރީ ހިނގި ސީންގައި ފުލުހުން ހަރަކާތްތެރިވަމުން އަންކަންވެސް މީޑިއާ އޮފިޝަލް ފާހަގަކުރެއްވި އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް: