65 އަހަރުން މަތީ މީހުންނަށް މުއްދަތު ހަަމަ ނުވާ އައިޑީ ކާޑެއް

ޚަބަރު ފަހުގެ

އުމުރުން 65 އަހަރުން މަތީގެ މީހުންގެ އައިޑީކާޑު މުއްދަތު ހަމަނުވާނެ ގޮތަށް ބަދަލުކުރުމުގެ ކެބިނެޓަށް ހުށަހަޅާފައިވާ ކަމަށް ޑިޕާޓްމެންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން އިން މިއަދު ބުނެފި އެވެ.

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގެ ބޭނުން ކުރެވޭނެ މުއްދަތުގެ ގޮތުގައި މިހާރު ކަނޑައަޅާފައިވާ މުއްދަތަކީ އެންމެ އެކަށީގެންވާ މުއްދަތެއް ނޫން ކަމަށް ބުނެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުالله މަޖިލީހަށް ހުށަހެޅުއްވި ގަރާރާއި ގުޅިގެން ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ވަނީ މޯލްޑިވްސް އިމިގްރޭޝަނާއި ނެޝަނަލް ރެޖިސްޓްރޭޝަންގެ ބޭފުޅުން މިއަދު ކޮމިޓީއަށް ހާޒިރުކޮށްފަ އެވެ.

އިޝްތިހާރު
އިޝްތިހާރު

އެކަމާ ގުޅިގެން ނެޝަނަލް ރެޖިސްޓްރޭޝަނާ ހަވާލުވެ ހުންނެވި ސްޓޭޓް މިނިސްޓަރ ޔޫސުފް އަބްދުއްޣަފޫރު ވިދާޅުވީ، އުމުރުން 65 އަހަރުން މަތީގެ މީހުންގެ އައިޑީކާޑު އާ ކުރަން ޖެހުމަކީ ގިނަ ފަހަރަށް އެ މީހުންނަށް އެތައް ތަކުލީފެއް ކުރިމަތިވާ ކަމެއް ކަމަށެވެ. އެ ޝަކުވާތައް ވެސް އަބަދު ލިބޭ ކަމަށެވެ.

އެހެންކަމުން ޑިޕާޓްމެންޓް އޮފް ރެޖިސްޓްރޭޝަނުން މިކަމުގައި ފަންނީ ގޮތުން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު، 65 އަހަރުން މަތީގެ ބޭފުޅުންގެ އައިޑީކާޑު މުއްދަތު ހަމަނުވާ ގޮތަށް ބަދަލު ގެނައުމުގެ ކަރުދާސް މިހާރު ކެބިނެޓަށް ހުށަހަޅާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ

ޔޫސުފް ވިދާޅުވީ މި ކަމުގައި އިތުރަށް ގޮތެއް ނިންމާނީ ކެބިނެޓުން ކަމަށެވެ.

އާންމުކޮށް އަމަލުކުރާ އުސޫލަކީ ކުޑަކުއްޖަކު އަލަށް އުފަންވުމަށް ފަހު ހައްދާ އައިޑީ ކާޑު، އެ ކުއްޖާގެ އުމުރުން 10 އަހަރު ފުރުމާ ހަމައަށް ބޭނުން ކުރުމެވެ. އޭގެ ފަހުން އުމުރުން 40 އަހަރު ފުރެންދެން ކޮންމެ ފަސް އަހަރަކުން އަދި، 40 އަހަރުން މަތިވުމުން 10 އަހަރަކުން އައިޑީކާޑު އާ ކުރަން ޖެހެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ