ދެކުނުގެ ރަށެއްގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަނީ

ޚަބަރު ފަހުގެ

ރާއްޖޭގެ ދެކުނުގެ ރަށެއްގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ސައުތު ޕޮލިސް (ގއ، ގދ، ޏ، ސ) ގައި ހިމެނޭ ރަށެއްގައި 12 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް 2024 އޭޕްރިލް 28 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ފުލުހުން ވިދާޅުވީ، މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށާއި، މި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

  1. 12 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކޮށްގެން އުޅެނީ ގދ.ގައްދޫ ގައި.މިބާވަތުގެ ކަންތައްތައް ކުރާ ފަރާތްތަކާއި މެދު ޤާނޫނުގައި އޮންނަ އެއްމެ ހަރުކަށި އަދަބު ދިނުމަށް ގޮވާލަން.އަދި އަނިޔާ ލިބުނު ފަރާތަށް އިންސާފު ހޯދާދިނުމަކީ ދިވެހިދައުލަތުގެ ވެރިންގެ ކޮޑުގައި އެޅިފައިއޮތް ޒިއްމާއެއް.މިބާވަތުގެ ކަންތައްތައް ބަލަން މަތިކޮށް ތިބޭފަރާތް ތަކުން މިމައްސަލަ ތައް ނުބަލާ އިހްމާލުވާނަމަ މުޖުތަމަޢުގައި މިބާވަތުގެ ކަންތައްތައްކުރާ ފަރާތްތަކަށް ލިބޭނީހިއްވަރު.