ރާއްޖޭގައި ބޯންމެރޯ މެޗު ޓެސްޓު ހަދަން ފަށައިފި

ޚަބަރު ފަހުގެ

ރާއްޖޭގައި ބޯންމެރޯ މެޗު ޓެސްޓު ހަދަން ފަށައިފި އެވެ. ތެލެސީމިއާ ދުވަސް ފާހަގަކުރުމަށް މިރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ރަސްމީކޮށް މިކަން ހާމަކުރެއްވީ ހެލްތު މިނިސްޓަރ އަބްދުالله ހަލީލް އެވެ.

އެގޮތުން މިނިސްޓަރ ވިދާޅުވީ ބޯންމެރޯ ޓްރާންސްޕްލާންޓަށް، ބަލި މީހާއާއި ޑޯނަރު ހަދަން ޖެހޭ ކްރޮސްމެޗު ޓެސްޓު ރާއްޖޭގައި ހެދޭނެ އިންތިޒާމު މިއަދުން ފެށިގެން ރާއްޖޭގައި ހަމަޖައްސާފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެގޮތުން މީގެ ކުރިން ބޯންމެރޯ މެޗު ހެދެނީ ވަރަށް ދަތި ހާލުން ކަމަށާއި އެ ޓެސްޓު ހެދުމަށް ބަލި މީހާއާއި ޑޯނަރުގެ އިތުރުން އާއިލާގެ މެންބަރުން ވެސް ބޭރަށް ދާން ޖެހޭ ކަން ފާހަގަކުރައްވައި ހަލީލް ވިދާޅުވީ ރައީސްގެ އިސްނެންގެވުމުގެ މަތިން މިއަދު ރާއްޖޭގައި ތިބެގެން މި ޓެސްޓު ހެދުމުގެ އިންތިޒާމު ވަނީ ހަމަޖައްސާފައި ކަމަށެވެ.

ހަލީލް ވިދާޅުވީ މި ޓެސްޓުގެ ފުރަތަމަ ބުރު 13 ފަރާތަކާއި އެކު މިދިޔަ މާޗު މަހުގެ ހަތެއްގައި ފުރިހަމަކޮށްފައިވާ ކަމަށެވެ. އަދި ޓެސްޓުގެ ދެވަނަ ބުރު މި ހިނގާ މޭ މަހު ނުވަތަ އަންނަ ޖޫން މަހު ފުރިހަމަ ވެގެންދާނެ ކަން ހަލީލް ހާމަކުރެއްވި އެވެ.

ސަރުކާރުގެ ހަރަދުގައި ބޯން މެރޯހެދުމަށް ރާއްޖެއިން ބޭރުގައި މިހާރު ފަސް ކުއްޖަކު ތިބި އިރު 2 ކުއްޖަކު ވަނީ މިހާރު ކާމިޔާބުކަމާއި އެކު އޮޕަރޭޝަން ފުރިހަމަކޮށްފައި އެވެ. އަދި މިއަހަރުގެ ތެރޭގައި ސަރުކާރުގެ ހަރަދުގައި އިތުރު 10 ކުއްޖަކު ބޯން މެރޯ ހެދުމަށް ފޮނުވުމަށް ނިންމާފައިވާކަން މިރޭ ހަލީލް ވަނީ ހާމަކުރައްވާފައި އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ