ކާރު ގަނެދޭނެ ކަމަށް ބުނެ ފުލުހަކު މަކަރުން ފައިސާ ހޯދާ ކަމަށް ބުނާ މައްސަލައެއް ބަލަނީ

ޚަބަރު ފަހުގެ

ކާރު ގަނެދޭނެ ކަމަށް ބުނެ އެކި މީހުންގެ އަތުން މަކަރުން ފައިސާ ނަގައިގެން އުޅޭ ކަމަށް ބުނާ ފުލުހެއްގެ މައްސަލައެއް ބަލަން ފަށައިފި އެވެ.

ސޯޝަލް މީޑިއާގައި އެ ފުލުސް މީހާގެ ފޮޓޯއާއެކު ޕޯސްޓްތަކެއް ދަނީ ދައުރު ކުރަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޕޯސްޓްތަކުގައި ތުހުމަތުކޮށްފައިވާ ގޮތުގައި ފުލުސް މީހާއަކީ ތަހުގީގު ހިންގަން ތިބޭ ފުލުހުންނަށް އަމުރު ހިންގާ ލެވެލްގެ މަގާމެއް ފުރުވާ މީހެކެވެ. އޭނާގެ މައްސަލަ ފުލުހުންގެ ހިދުމަތަށް ނުބެލިގެން އުޅެނީ އެހެންވެގެންތޯ ޕޯސްޓްތަކުގައި ސުވާލު އުފައްދާފައިވެ އެވެ.

ފުލުހުންގެ ހިދުމަތުން މީޑިއާތަކަށް ފޮނުވި ޓެކްސްޓް މެސެޖެއްގައި ވަނީ އެ މައްސަލަ މިހާރު ޕޮލިސް ޕްރޮފެޝަަނަލް ސްޓެންޑާޑްސް އިން ބަލަމުންދާ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ