ގެއްލުނު ދޯނި ހޯދަން މޯލްޑިވިއަންގެ މަތިންދާ ބޯޓެއް ބޭނުންކުރަން ފަށައިފި

ޚަބަރު ފަހުގެ

އިއްޔެ ހެނދުނު ކ. ތިލަފުށިން ފުރައިގެން މ.މެދުފުށި އައިލެންޑް ރިޒޯޓަށް ދަތުރުކުރަމުން ދަނިކޮށް ގެއްލުނު ”އޭއޭއޭ-37” ނަމަކަށް ކިޔާ މުދާ އުފުލާ ދޯނިން ހަތަރު މީހުން ދަތުރުކުރި ކަމަށާއި، އެ ދޯނި ހޯދުމުގެ މަސައްކަތުގައި މޯލްޑިވިއަން ފުލައިޓެއް ވައިގެމަގުން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން މިއަދު ހެނދުނު މައުލޫމާތު ދީފައިވާ ގޮތުން އެ ދޯނިން ދަތުރުކުރީ 3 މީހުންނެވެ. ނަމަވެސް ދާދި ދެންމެ އެކު އެމްއެންޑީއެފުން ބުނީ ދޯނިން 4 މީހަކު ދަތުރުކޮށްފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ކ.ތިލަފުށިން، ފުރި އެ ދޯނީގެ ހަބަރެއް އިއްޔެ ހެނދުނު 06:00 ހާއިރު ނުވެގެން، އެކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓާ (އެމްއާރުސީސީ) އަށް ރިޕޯޓްކޮށްފައިވަނީ އިއްޔެ 17:20 ހާއިރުއެވެ.

އެ ދޯނި ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޝަހީދު އަލީ ދަނީ ހަރަކާތްތެރިވަމުންނެވެ.

ދޯންޏާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަމްބަރު 191 ގުޅައި މައުލޫމާތު ހިއްސާކުރުމަށް ސިފައިން އެދެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ