ނޫރައިން އިސްތިއުފާ ދެއްވައިފި

ޚަބަރު ފަހުގެ

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި އައިޝާ ނޫރައިން ޖަނާހް މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނޫރައިން އިސްތިއުފާ ދެއްވީ ރޭގެ ވަގުތެއްގަ އެވެ. ނަމަވެސް އިސްތިއުފާ ދެއްވި ސަބަބެއް އެނގިފައެއް ނުވެ އެވެ.

އިޝްތިހާރު
އިޝްތިހާރު

އެމްއެމްޕީއާރްސީގެ ޗެއާޕާސަންގެ މަގާމަށް ނޫރައިން އައްޔަންކުރީ ޑިސެމްބަރު 27، 2023 ގަ އެވެ.

އެމްއެމްޕީއާރްސީ އަކީ ރާއްޖޭގެ އިގުތިސާދުގެ މައި ސިނާއަތް ކަމަށްވާ ޓޫރިޒަމް ޕްރޮމޯޓްކޮށް، އިޝްތިހާރުކުރުމުގެ މަސްއޫލިއްޔަތު އަދާކުރާ ކުންފުންޏެވެ.

ނޫރައިން އަކީ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހު ދަރިކަނބަަލުންނެވެ.

ނިއުޒީލޭންޑުގެ އެންމެ ބޮޑު ޓެކްސް ފާމް ކަމަށްވާ ވިލިއަމް ބަކްގައި މަސައްކަތް ކުރެއްވި ނޫރައިން ވަނީ ނިއުޒިލެންޑްގެ “ސްޓަފް” ނޫހުން ހޮވި އެންމެ ނުފޫޒު ގަދަ އަންހެނުންގެ ލިސްޓުގައި 2017 އަހަރު ހިމެނިފަ އެވެ. އޭގެ ކުރިން 2015 ވަނަ އަހަރު “ވެެއިޓްމަޓާ ލޯކަލް ބޯޑް ގޫޑް ސިޓިޒެން އެވޯޑް” ވެސް ހޯއްދެވި އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ