މަޖިލީސް ރައީސް ކަމަށް އަބްދުއްރަހީމް، ނައިބަކަށް ނާޒިމް

ފަހުގެ

ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ފޮނަދޫ ދާއިރާގެ އިންތިހާބީ މެންބަރު އަބްދުއްރަހީމް އަބްދުﷲ އަދި ނާއިބު ރައީސަކަށް ދިއްގަރު ދާއިރާގެ އިންތިހާބީ މެންބަރު އަހްމަދު ނާޒިމް އިންތިހާބު ކުރަން ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީން ނިންމައިފި އެވެ.

ޕީއެންސީން މިގޮތަށް ނިންމާފައިވަނީ އެ ޕާޓީގެ ޕީޖީ ގުރޫޕްގެ މެންބަރުންނާ އެކު ރައީސް ޑރ. މުހައްމަދު މުއިއްޒު މުލިއާ ގޭގައި ކުރިއަށްގެންދާ ބައްދަލްވުމުގަ އެވެ. އެ ބައްދަލުވުމުގައި މިގޮތަށް ހުށަހެޅުއްވީ ސީދާ ރައީސް މުއިއްޒު އެވެ.

އިޝްތިހާރު
އިޝްތިހާރު

ވިހި ވަނަ މަޖިލީހުގައި ޕީއެންސީގެ މެންބަރުންގެ އަދަދަކީ 74 އެވެ. ޖުމްހޫރީ ޕާޓީ، އެމްޑީއޭ އަދި އެމްއެންޕީގެ ގޮނޑިތަކާ އެކު، ސަރުކާރަށް ތާއީދު ކުރާ މެންބަރުންގެ އަދަދު 78 އަށް މިހާރު ވަނީ އަރާފަ އެވެ. މަޖިލިސް އިންތިހާބުގައި އިދިކޮޅު އެމްޑީޕީއަށް ލިބުނީ އެންމެ 12 ގޮނޑި އެވެ.

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހުވާ ކުރެެއްވުން އޮންނާނީ މިމަހުގެ 28 ވަނަ ދުވަހު އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ