ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމަށް ޔޫސުފް ވަހީދު

ޚަބަރު ފަހުގެ

ސްޓެލްކޯގެ ބޯޑުގެ މެންބަރު ކަމުގެ މަގާމަށް ޔޫސުފް ވަހީދު، ބޮޑުގެ / ހއ. ވަށަފަރު އައްޔަންކޮށްފައިވާކަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ހާމަކޮށްފައި ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑަށް މިދިޔަ މާޗު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން މި މަހުގެ 14 ވަނަ ދުވަހަށް ގެނެސްފައިވާ ބަދަލުތައް މި މަހުގެ 19 ވަނަ ދުވަހު އެ ބޯޑުން އިއުލާނު ކުރިއިރު އެވެ.

ސްޓެލްކޯއިން މިއަދު “އެކްސް” ގައި ކުރި ޕޯސްޓެއްގައި ވަނީ އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމުގެ މަގާމަށް ޔޫސުފް ވަހީދު އައްޔަން ކުރުމާ ގުޅިގެން ކުންފުނީގެ ބޯޑާއި އިސްވެރިން އަދި އެންމެހާ މުވައްޒަފުންގެ ނަމުގައި މަރުހަބާ ކިޔާފަ އެވެ.

އިޝްތިހާރު
އިޝްތިހާރު

ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑުގައި އެގްޒެކެޓިވް ޑިރެކްޓަރުންގެ ގޮތުގައި ތިއްބަވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އަދި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒްވަރު އެވެ.

އެ ބޯޑުގައި ދެން ތިއްބަވަނީ ޗެއާމަން މުހައްމަދު ލަތީފުގެ އިތުރުން ނޮން-އެގްޒެކެޓިވް ޑިރެކްޓަރުންގެ ގޮތުގައި އަހުމަދު ހާޝިމް އާއި މުހައްމަދު އާމިރު އަދި ކޮމްޕެނީގެ ސެކްރެޓަރީ އުސްތާޒު އަހުމަދު ސަމީހު އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ