އަންނަ އަހަރު އިތުރު 15 އަތޮޅުގައި ޕަބްލިކް ވޯކްސްގެ ޚިދުމަތް ގާއިމުކުރަނީ

ޚަބަރު ފަހުގެ

އިތުރު 15 އަތޮޅުގައި ޕަބްލިކް ވޯކްސްގެ ޚިދުމަތް ގާއިމުކުރަން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނެ ކަމަށް ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް ޢުމަރު މިއަދު ވިދާޅުވެއްޖެއެވެ.

އިދާރީ ދާއިރާތަކުގެ މަސައްކަތްތައް ހަރުދަނާކުރުމުގެ މަސައްކަތު ބައްދަލުވުން ފެށުމަށް މިއަދު އެ ވުޒާރާއިން ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، ރާއްޖޭގައި ޕަބްލިކް ވޯކްސްގެ ޚިދުމަތް ދެމުންދާތާ ތިރީހަކަށް އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެ ވުޒާރާއިން އެންމެ ފަހުން ޒިޔާރަތްކުރި ގިނަ ޕަބްލިކް ވޯކް ސައިޓުތައް ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށާއި އެ ތަނުގެ ވަސީލަތްތައް ބޭނުންނުކުރެވޭ ހިސާބަށް ގޮސްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

“މުވައްޒަފުންނަށް މަސައްކަތް ކުރާނެ ރަނގަޅު މާހައުލެެއް، ޒަރޫރީ ކަންތައްތަކަށް ބޭނުންވާނެ ވަސީލަތްތައް ވެސް އެ ތަންތަނުގައި ނެތްއިރު ހިންގުމުގެ ނިޒާމުގައި ވެސް ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން އަޅުގަނޑުމެންނަށް ފާހަގަކުރެވިގެން ދިޔަ، ޒިންމާދާރު ކުރެވޭނެ ގޮތެއް ޒިންމާދާރު ކުރުވާނެ ފަރާތްތަކެއް ވެސް އަޅުގަނޑުމެންނަކަށް މި ހިސާބަށް އައިރު، މި ނިޒާމުގެ ތެރޭގައި ހުރި ކަމަކަށް ފާހަގައެއް ނުކުރެވުނު،” މިނިސްޓަރު ވިދާޅުވިއެވެ.

އިތުރަށް ވާހަކަދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ، ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ޕަބްލިކް ވޯކްސްގެ ޚިދުމަތް ފުޅާކުރުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަރަށް އިސްކަމެއް ދެއްވައިގެން ފައްޓަވާނެ ކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވާ ކަމަށެވެ.

އެ މަސައްކަތް އަންނަ އަހަރަށް ތާވާލުކޮށްފައި ވިޔަސް، މިހާރު ގާއިމުކޮށްފައިވާ ސައިޓުތަކުގައި ހުރި މަސައްކަތްތައް އިތުރަށް ރަނގަޅު ކުރުމަށް އެ ވުޒާރާއިން ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭކަން އާދަމް ޝަރީފް ފާހަގަކުރެއްވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ