ރީނދޫ ސަމާލުގެ ވަގުތު އިތުރުކޮށްފި

ޚަބަރު ފަހުގެ

މޫސުމާއި ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން މިއަދު ފުރަތަމަ ރީނދޫ ސަމާލު ނެރުނީ 10:30އިން ފެށިގެން 14:30 އާ ހަމައަށް، މުޅި ރާއްޖެއަށެވެ.

އެއަށްފަހު، ރީނދޫ ސަމާލުގެ ވަގުތު އިތުރު ކޮށްފައި ވަނީ ހއ. އަތޮޅުން ފެށިގެން ދ. އަތޮޅަށް މިއަދުގެ 18:30 އާ ހަމައަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެ އިދާރާއިން ބުނީ މިސަރަހައްދަށް ބޯކޮށް ވާރޭ ވެހި ގަޑިޔަކު 25 މޭލާއި 30 މޭލާއި ދެމެދު ބާރުމިނެއްގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި 50 މޭލަށް ވައިގަދަ ވާނެކަމަށް ލަފާކުރެވޭ ކަމަށްވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން 18:30އާ ހަމައަށް، ތ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް އެއިދާރާއިން ހުދު ސަމާލު ނެރެފައިވާއިރު މިސަރަހައްދަށްވެސް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ވަނީ ބުނެފައެވެ. އަދި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މިހާރު ރާއްޖެއަށް ކުރަމުން މިއަންނަ ވިއްސާރައިގައި މާދަމާ ވެސް މޫސުން ވަރަށް ގޯސްވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. އަދި ކަނޑުތައް ވަރަށް ގަދަވާނެ ކަމަށާއި ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އުދައެރުމަކީ އެކަށީގެންވާ ކަމެއް ކަމުގައި އެއިދާރާއިން ވަނީ ބުނެފައެވެ.

އެހެންވެ، ވިއްސާރައިގައި ލިބިދާނެ ގެއްލުންތަކުން ސަލާމަތްވުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ތިބުމަށް މެޓް އޮފީހުގެ އިތުރުން ކަމާ ގުޅުންހުރި މުއައްސަސާތަކުން އަންނަނީ އާންމުންނަށް އިލްތިމާސް ކުރަމުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ