މާލޭއިން ގެއްލިގެން ހޯދަމުން ދިޔަ އުމުރުން 18 އަހަރުގެ ޒުވާނާ ފެނިއްޖެއެވެ.
ގެއްލިގެން ހޯދަމުން ދިޔައީ ހ. ބްލޫސްކޫޕް (މިހާރު އުޅޭ އެޑްރެސް ހ. ބްލޫޑްރީމް) ހުސައިން ޒިހާން ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި އޭނާ ހޯދުމުގެ މަސައްކަތް ކުރީ އާއިލާއިން އެކަމަށް އެދިގެންނެވެ. އޭނާ އެންމެ ފަހުން ފެނުނީ މި މަހުގެ 21 ވަނަ ދުވަހު ދިރިއުޅޭ ގެއިން ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.
ފުލުހުން ދެންމެ ވިދާޅުވި ގޮތުގައި ޒިހާން ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ވަނީ ފެނިފައެވެ. އޭނާ ފެނުނީ މާލެއިން ކަމަށާއި ހާލު ރަނގަޅު ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.