ޑޮލަރު ވިއްކަން އުޅުނު ދެ ބިދޭސީއަކު ހައްޔަރުކޮށްފި

ޚަބަރު ފަހުގެ

މާފަންނުކޮޅުގައި ހުންނަ ބީއެމްއެލްގެ ޑޮލަރު އޭޓީއެމް ކައިރީގައި ޤަވައިދާ ޚިލާފަށް ޑޮލަރު ވިއްކަން އުޅުނު ދެ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

އިމިގްރޭޝަން ވިދާޅުވީ ޑޮލަރު ގަނެވިއްކުމުގެ ވިޔަފާރީގައި އުޅުނު ދެ ބިދޭސީއަކު ހައްޔަރުކޮށްފައި ވަނީ ސޯސަލް ސެންޓަރު ކައިރީ ހުންނަ ބީއެމްއެލް ޑޮލަރު އޭޓީއެމް ސަރަހައްދުގައި ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެ އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ ބަންގުލަދޭޝްއަށް ނިސްބަތްވާ 2 ފިރިހެނުންކަމަށާއި އެ ދެ މީހުންނަކީ ޤަވައިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދިޔަ ދެ މީހުންކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވެއެވެ. ޤަވައިދާ ހިލާފަށް ޑޮލަރުގެ ވިޔަފާރި ކުރަމުން ދިޔަ އެ ދެ މީހުންނާ ތަހުގީގުގައި މިހާރު ސުވާލުރަމުންދާ ކަމަށް ވެސް އިމިގްރޭޝަނުން ވިދާޅުވެއެވެ.

އިމިގްރޭޝަނުން ވިދާޅުވީ މިދިޔަ މާޗު 9ގައިވެސް ޤަވައިދާ ޚިލާފަށް ރާއްޖޭގައި އުޅުނު ބިދޭސީންތަކެއް ޑޮލަރު ވިއްކަން އުޅެނިކޮށް ހައްޔަރުކޮށް ޑީޕޯޓުކޮށްފައިވާ ކަމަށެވެ. އެފަހަރު ވެސް އަތުލައިގަތީ ބަންގުލަދޭޝްގެ 6 މީހުންނެވެ. އެ އެންމެންވެސް ވަނީ މިހާރު ޑީޕޯޓްކޮށްލާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ