އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު ބިދޭސީންތަކެއް ހުއްޓުވައިފި

ޚަބަރު ފަހުގެ

ނަކަލުކޮށްފައިވާ ސްޓޭމްޕްތަކެއް ޖަހާފައިވާ ޕާސްޕޯޓު ބޭނުންކޮށްގެން ރާއްޖެއަށް އެތެރެވާން އުޅުނު ބިދޭސީންތަކެއް އިމިގްރޭޝަނުން ހިފަހައްޓައިފިއެވެ.

އިމިގްރޭޝަނުން ބުނީ ހުއްޓުވާފައިވަނީ ނަކަލުކޮށްފައިވާ ސްޓޭމްޕްތަކެއް ޖަހާފައިވާ ޕާސްޕޯޓު ބޭނުންކޮށްގެން ވެލާނާ އިންޓަރނޭޝަލް އެއަރޕޯޓުން ރާއްޖެ އެތެރެވާން މަސައްކަތްކުރި ހަތަރު ފިރިހެން ބިދޭސީންކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ 28 އަހަރުގެ މީހަކާއި 31 އަހަރުގެ މީހަކާއި 25 އަހަރުގެ މީހެއްގެ އިތުރުން 22 އަހަރުގެ މީހެކެވެ.

އިޝްތިހާރު
އިޝްތިހާރު

އިމިގްރޭޝަނުން ގެންދަނީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދާ ޑީޕޯޓްކުރުމަށް ޚާއްސަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. އެގޮތުން ރާއްޖޭގައި ވިޔަފާރި ކުރާ، ގަވައިދާ ހިލާފަށް އުޅޭ އަދި ގާނޫނާ ހިލާފު އަމަލުތައް ހިންގާ ބިދޭސީން ފާހަގަކޮށް އެމީހުން އަންނަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދަމުންނެވެ.

މިހާތަނަށް ގަވާއިދާ ޚިލާފަށް އެކި ކަހަލަ ވިޔަފާރި ކުރާ 93 މީހަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ