ފިލާ ބިލްޑިންގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ޚަބަރު ފަހުގެ

ފިލާ ބިލްޑިންގެ ތިންވަނަ ފަންގިފިލާގައި ރޯވި އަލިފާންގަނޑު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސަރވިސްއިން ނިއްވާލައިފިއެވެ.

އެމްއެންޑީއެފްއިން ބުނެފައިވަނީ އަލިފާން ރޯވެފައިވަނީ ފިލާ ބިލްޑިންގެ ތިންވަނަ ފަންގިފިލާ ބެލްކަނީގައި ހުރި ކުނިތަކެއްގައި ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މި ހާދިސާގެ ރިޕޯޓް ރޭ 04:41 ހާއިރު ލިބުމާއެކު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސަރވިސްގެ ފަޔާ ފައިޓަރުން އެ ސަރަހަށްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް މައުލޫމާތު ދީފައިވެއެވެ. އެގޮތުން، ފަޔާ ފައިޓަރުން ކުރި މަސައްކަތުން ބެލްކަނީގައި ރޯވެފައި ހުރި އަލިފާން ނިއްވާލެވުނީ ރޭ 04:57 ހާއިރު ކަމަށްވެސް އެމްއެންޑިއެފްއިން މައުލޫމާތުދެއެވެ.

މި ހާދިސާގައި ފިލާ ބިލްޑިންގެ ތިންވަނަ ފަންގިފިލާ ބެލްކަނީގައި ހުރި ތަކެތި ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވީނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް މައުލޫމާތު ދީފައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ