ބީއެމްއެލްއިން ބުނެފައިވަނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން އެ ބޭންކުގެ ކާޑުން ލިބޭ ހިދުމަތްތަކަށް ބުރޫ އަރާފައިވާ ކަމަށެވެ.
އެގޮތުން ޕޭމަންޓް ގޭޓްވޭ، ޕީއޯއެސް މެޝިން އަދި އޭޓީއެމްތަކުގައި ކާޑު ބޭނުންކޮށްގެން ހިދުމަތް ހޯދުމުގައި ދަތިތަކާ ކުރިމަތިވެފައިވާކަން ފާހަގަކޮށްފައިވެއެވެ. ބީއެމްއެލްއިން ބުނެފައިވަނީ މަސައްކަތް ކުރަނީ ވީހާވެސް އަވަހަކަށް މި މައްސަލަ ހައްލުކުރުމަށް ކަމަށެވެ. އަދި ދިމާވާ ދަތިތަކަށް މާފަށް އެދިފައިވެއެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި ބީއެމްއެލްގެ 38 ބްރާންޗް، 86 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 143 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުން ތިބެއެވެ.