ރާއްޖޭގެ ކޮންމެ ރައްޔިތަކީ ޤައުމަށް އަގުހުރި ދަރިއެއް: ރައީސް

ޚަބަރު ފަހުގެ

ކޮންމެ ދިވެހި ރައްޔިތަކީ ގައުމަށް ވަރަށް އަގު ހުރި ދަރިޔެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ ދުނިޔޭގެ އާބާދީ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

އިޝްތިހާރު
އިޝްތިހާރު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ދިވެހި އާބާދީއަށް ނިސްބަތްވާ ކޮންމެ ރައްޔިތަކީ މި ޤައުމަށް އަގުހުރި ދަރިއެއް ކަމަށާއި، އެއިން ކޮންމެ ރައްޔިތަކީ ދިވެހިންގެ ކުރިމަގަށް ކުރާ އުއްމީދުގެ ބައިވެރިއެއްކަމަށެވެ.

ދުނިޔޭގެ އާބާދީގެ ދުވަސް ކޮންމެ އަހަރެއްގައިވެސް ފާހަގަ ކުރަނީ ޖުލައިމަހުގެ 11 ވަނަ ދުވަހުއެވެ. އެދުވަސް ފާހަގަކުރަނީ އާއިލާތަކުގެ ކުރިމަގު ރޭވުމާއި، ދަރިމައިވުމުގެ ހޭލުންތެރިކަން އިތުރު ކުރުމާއި އަދި އާބާދީގެ މައްސަލަތަކާއި ގުޅޭގޮތުން އާންމު ހޭލުންތެރިކަން އިތުރު ކުރުވުމަށެވެ.

އެގޮތުން މިދުވަސް ސަރުކާރުތަކުންނާއި އާންމު ޖަމިއްޔާ ޖަމާއަތްތަކުންވެސް ދަނީ ފާހަގަ ކުރަމުންނެވެ.

ރާއްޖޭގައި އުފަންވާ ކުދިންގެ ނިސްބަތް ކަންބޮޑުވާ މިންވަރަކަށް ދަށަށް ގޮސްފައިވާކަންވަނީ އެންމެފަހުން ކުރިއަށްގެންދިޔަ ބޯހިމެނުމުގެ ތަފާސްހިސާބުތަކުން ދައްކާފައެވެ. މިކަންބޮޑުވުން އިތުރުވާ މައިގަނޑު ސަބަބަކީ ކައިރި މުސްތަޤުބަލެއްގައި ރާއްޖޭގެ މަސައްކަތްކުރާ ޢުމުރުގެ އާބާދީ ބޮޑުތަނުން ދަށަށް ގޮސް ޤައުމުގެ އިޤްތިޞާދަށް އަސަރުކުރާނެތީއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ