ކުރީގެ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހުގެ މަންމާފުޅު، މުއުމިނާ ހުސައިން ފުޅު އަވަހާރަވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ސޯލިހުގެ މަންމާފުޅު އަވަހާރަވެފައިވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިއަދުގެ ވަގުތެއްގައެވެ. މުއުމިނާ އަވަހާރަވިއިރު، އުމުރުފުޅަކީ 80 އަހަރެވެ.
މުއުމިނާ އަވަހާރަވުމާއި ގުޅިގެން އެމްޑީޕީން ވަނީ ރައީސް ސޯލިހަށާއި އެއާއިލާއަށް ތައުޒިޔާ ދަންނަވާފައެވެ.
މުއުމިނާއަކީ ރައީސް ސޯލިހްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒް އަދި މަޖީދިއްޔާ ސުކޫލުގެ ޕްރިންސިޕަލް އާއިޝަތު މުހައްމަދު ސޯލިހްގެ ވެސް މަންމާފުޅެވެ. އަދި މުއުމިނާގެ ލޯފަން ދެ ބޭފުޅުން ތިއްބަވާއިރު އެ ދެބޭފުޅުންނަކީ ދެ ހާފިޒުންނެވެ.


