ފްރާންސްގައި ބާއްވާ “ޕެރިސް 2024 އޮލިމްޕިކްސް” ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު މިއަދު ފުރާވަޑައިގެންފި އެވެ.
ޕެރިސް 2024 އޮލިމްޕިކްސް ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ އަންނަ ހުކުރު ދުވަހު އެވެ.
ނައިބު ރައީސްގެ މި ދަތުރުފުޅުގައި މުބާރާތުގައި ރާއްޖެއިން ބައިވެރިވާ ކޮންޓިންޖެންޓާ ބައްދަލުކުރައްވާނެ އެވެ.
“ޕެރިސް 2024 އޮލިމްޕިކްސް” ގައި ރާއްޖެ ތަމްސީލުކުރަނީ ފަސް ކޮންޓިންޖެންޓް އެވެ. މިއީ މިހާތަނަށް ރާއްޖެއިން އެންމެ ގިނަ ކޮންޓިންޖެންޓް ބައިވެރިވާ ފަހަރެވެ.
އޮލިމްޕިކް ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ގައުމީ ދިދަ އުފުލާނީ ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ އާއި ދުވުންތެރިޔާ އިބާދުﷲ އާދަމް އެވެ.