3 އުމުރު ފުރައަކަށް ބަހައިލައިގެން މިމަހު 23 ން 27 ކުރިއަށް ގެންދިއަ މި ފެސްޓިވަލް މިއަހަރުގެ ކުރިއަށް ގެންދިއައީ ” ބީއެމްއެލް 7 ވަނަ އިންޓަރސްކޫލް ކިޑްސް ސްވިމިންގ ފެސްޓިވަލް” ނަމުގައެވެ.
ސްވިމިންގ އެސޯސިއޭޝަނުން ވިދާޅުވި މި ފެސްޓިވަލުގައި ބައިވެރިން ވާދަކުރީ 5-6 އަހަރާއި ދެމެދު 7-8 އަހަރާއި ދެމެދު އަދި 9-10 އަހަރާއި ދެމެދު އުމުރުފުރާއިން ކަމަށެވެ.
މި ފެސްޓިވަލުގެ ވަނަތަކަށް ބަލާއިރު، ކިޑްސް އޭ ގެ އަންހެން ބައިން އެއްވަނަ ހޯދީ ބްރައިޓް ވޭ އިންޓަރނޭޝަނަލް އާއި ޖަމާލުއްދީން ސްކޫލެވެ. މިބައިގެ ފިރިހެން ދެވަނަ ހޯދީ އިސްކަންދަރު ސްކޫލު، އަންހެން ދެވަނަ ހޯދީ ދަރުމަވަންތަ ސްކޫލެވެ. މިބައިގެ އަންހެން ތިންވަނަ ހޯދީ ކެންގަރޫ ކިޑްސް އިންޓަރނޭޝަނަލް ޕްރީ ސްކޫލެވެ. އަދި ފިރިހެން ތިންވަނަ ހޯދީ ކެންގަރޫ ކިޑްސް އެވެ.
ކިޑްސް ބީ ގެ ވަނަތަކަށް ބަލާއިރު، ފިރިހެން އަދި އަންހެން އެއްވަނަ ޣިޔާސުއްދީން ސްކޫލު ހޯދިއިރު، ފިރިހެން ދެވަނަ ހޯދީ އިސްކަންދަރު ސްކޫލެވެ. އަންހެން ދެވަނަ ސަލާހުއްދީން ސްކޫލު ހޯދިއިރު، ފިރިހެން ތިންވަނަ ހުރަވީ ސްކޫލް އަދި އަންހެން ތިންވަނަ ހޯދީ އިއްޒުއްދީން ސްކޫލެވެ.
މީގެއިތުރުން ކިޑްސް ސީ ކެޓަގަރީގެ ފިރިހެން އެއްވަނަ ބްރައިޓްވޭ ހޯދިއިރު، އަންހެން އެއްވަނަ ހޯދީ ޣިޔާސުއްދީންއެވެ. މިބައިގެ ފިރިހެން ދެވަނަ ވެސް ޣިޔާސުއްދީން ހޯދިއިރު، އަންހެން ދެވަނަ ލިބުނީ ފިންލޭންޑް އިންޓަރނޭޝަނަލް ސްކޫލަށެވެ. އަދި ފިރިހެން ތިންވަނަ ރެހެންދި ސްކޫލު ހޯދިއިރު، އަންހެން ތިންވަނަ ހޯދީ އަހްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލެވެ.