ބަރަހަނާކޮށް ބިރު ދައްކައި ފޭރުނު މައްސަލައިގައި އަންހެނަކު ހައްޔަރުކޮށްފި

ޚަބަރު ފަހުގެ

މާލޭ ގެއަކަށް މީހަކު ވައްދައި، ބަރަހަނާކޮށް ބިރުދައްކައި އެކައުންޓުގައި ހުރި ފައިސާ ފޭރުނު މައްސަލައިގައި ދިވެހި އަންހެނަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނި ގޮތުގައި އެމީހާއަށް ބިރުދައްކައިގެން ކޭޝް ކާޑުގެ ޕިން ހޯދުމަށްފަހު، އެކައުންޓުގައިވާ ފައިސާ ފޭރުނު މައްސަލަ ފުލުހުންނަށް ހުށަހެޅީ ޖުލައި، 24 ގަ އެވެ.

އިޝްތިހާރު
އިޝްތިހާރު

އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރި އަންހެން މީހާއަކީ 43 އަހަރުގެ މީހެއް ކަމަށާއި އޭނާގެ ބަންދާމެދު ގޮތެއް ނިންމަށް ކޯޓަށް ހާޒިރުކުރުމުން ތަހުގީގު ނިމެންދެން ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އުމުރުން 26 އަހަރުގެ މީހަކާއި 35 އަހަރުގެ މީހެއް ހައްޔަރުކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން އެކަކަށް 30 ދުވަހުގެ މުއްދަތެއް އަދި ދެވަނަ މީހާއަށް 60 ދުވަހުގެ މުއްދަތަކަށް ބަންދުކުރަން ކޯޓުން އަމުރުކުރި އެވެ.

ފުލުހުން ބުނީ އެ ދެމީހުންގެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ