ތަޒްކިޔާ ތިންވަނަ މެޑެލް ހޯދައިފި، މިފަހަރު ރިހި މެޑެލެއް!

ކުޅިވަރު ފަހުގެ

ސްރީލަންކާގައި ކުރިއަށްދާ، އެޤައުމުގެ ނެޝަނަލް އެންޑް ޖޫނިއަރ ނެޝަނަލް ލޯންގކޯސް ސްވިމިންގ ޗެމްޕިއަންޝިޕްސް އަމްނާ ތަޒްކިޔާ މިރުޞާދު 3 ވަނަ މެޑެލް ހާސިލްކޮށްފިއެވެ.

މިފަހަރު ޖޫނިއަރ ކެޓަގަރީގެ 200 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓުން ނެވެ.

އިޝްތިހާރު
އިޝްތިހާރު

މި މުބާރަތުން ތަޒްކިޔާ ފުރަތަމަ ހޯދާފައިވަނީ 100 މީޓަރ ފްރީސްޓައިލް އިވެންޓުން ބްރައުންޒް މެޑަލްއެކެވެ. ދެވަނައަށް ހޯދާފައިވަނީ 50 މީޓަރ ފްރީސްޓައިލް އިވެންޓުން ސިލްވަރ މެޑަލް އެކެވެ. ހަމަ މި މުބާރާތުގައި 4 ގުނަ 100 މީޓަރ މެޑްލޭ ރިލޭ އަދި 4 ގުނަ 50 މީޓަރ ފްރީސްޓައިލް ރިލޭ އިވެންޓުން ލޯމެޑަލް ހޯދި ޓީމުގައިވެސް ތަޒްކިޔާ ހިމެނެއެވެ.

މި މުބާރާތުގައި ދިވެހި ފެތުންތެރިން ވަނީ 3 ބްރޯންޒް އަދި 2 ސިލްވަރ މެޑަލް ހޯދާފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ