ހަނިމާދޫ ކައުންސިލުން ބުނީ މިފެށޭ އޮގަސްޓް 1 ވަނަ ދުވަހުން ފެށިގެން ކުނި ނެގުމަށް ބޮޑު 3 ބަދަލު ގެނެވިގެން ދާނެކަމަށެވެ.
އެއީ ކުނިވާޒާތުގެ ކުނި އެކަމަށް ޚާއްސަ ކުރެވިފައިވާ ހަޓުތަކުގައި ބަހައްޓާފައިވާ ޑަސްބިންތަކަށް އެޅުމާއި ގޭތަކުގައި އުފެދޭ ކުނި ނެގުމަށް ގެނައި ބަދަލާއި މަހަކު ނަގާ 150 ރުފިޔާގެ ފީ 100 ރުފިޔާއަށް ކުޑަކުރުންކަމަށެވެ.
ހަނިމާދޫ ކައުންސިލުން ވަނީ ކުނިވާ ޒާތުގެ ކުނި ނެގުމަށް 5 ހަޓު ތައްޔާރު ކޮށްފައެވެ.
ހަޓުތައް ހުރި ސަރަހައްދުތައް
* ރަސްމީ ބޯޅަދަނޑު އިރު ދެކުނު ކަންމަތި
* ސަހަރާ އިރު އުތުރު ކަންމަތި
* ފެނަކަ ތެޔޮ ތާނގީ އުތުރު ފަރާތް
* މާވެޔޮމަގު (ޕްރީސްކޫލް އުތުރުމަގު) ބަނދަރުމަތީ
* އުނބުށޭމު ހިގުން (ސަސްތާ ފިހާރައާއި އިންވެގެން އިރުމައްޗަށް އުތުރުން ދެކުނަށް އޮތް މަގު)، މި މަގުގައި ހުންނަ ފެނަކަ ޕަމްޕް ސްޓޭޝަންގެ އުތުރުން
” ކުނިވާޒާތުގެ ކުނިއެޅުމަށް ޚާއްސަ ކުރެވިފައިވާ ޑަސްބިންތަކަށް އަޅަންވާނީ ބަދިގޭގައި އުފެދޭ ކާބޯތަކެތީގެ ތެރެއިން ކުނިވާޒާތުގެ ތަކެތި އެކަނި ” ހަނިމާދޫ ކައުންސިލް
ގޭބިސީތަކުން ކުނި ނެގުމަށް ގެނެވޭ ބަދަލާއިގުޅިގެން ހަނިމާދޫ ކައުންސިލުން ބުނީ ރަށް ދެބަޔަށް ބަހާ ލެވިފައިވާއިރު ކޮންމެ ދުވަހަކުވެސް ހެނދުނު 8:30 ހުގައި ޑަސްބިން މަގުމައްޗަށް ނެރެން ޖެހޭނެ ކަމަށެވެ.
އެއީ ތަފާތު އެތަކެއް ޝަކުވާ ތަކާއި ގުޅިގެން ގެންނަން ޖެހުނު ބަދަލެއް ކަމަށްވެސް ކައުންސިލުން ބުންޏެވެ.
ރަށުގެ ދެސަރަހައްދުން ކުނިނަގާނެ ދުވަހުގެ ތަފްސީލު:
* އުތުރު ސަރަޙައްދު: ( ހޮނިހިރު، ހޯމަ، ބުދަ)
* ދެކުނު ސަރަހައްދު: (އާދީއްތަ، އަންގާރަ، ބުރާސްފަތި)
އިޖުތިމާޢީ ކަންކަން ޙައްލުވެގެން ދާނީ އެންމެހައި ފަރުދުން ގުޅިގެން އެއްރޫހެއްގައި މި މަސައްކަތްތައް ކުރެވިގެން ކަމަށާއި މިކަމުގައި ހުރިހާ ފަރާތްތަކެއްގެ އެހީތެރިކަމާއި، އެއްބާރުލުން ލިބިގެންދާނެ ކަމަށް އުއްމީދު ކުރާކަމަށް ހަނިމާދޫ ކައުންސިލުން ބުންޏެވެ.