އަންހެނަކު ފެންވަރަން ހުއްޓައި ދޮރު ވައްޓާލައި ފުލުހުން ވަދެގަތް ކަމަށްބުނާ ވާހަކަ ފުލުހުން ދޮގުކޮށްފި

ޚަބަރު ފަހުގެ

އައްޑޫގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން އަންހެނަކު ފެންވަރަން ހުއްޓައި ދޮރު ވައްޓާލައި ފުލުހުން ވަދެގަތް ކަމަށްބުނާ ވާހަކަ ފުލުހުން ދޮގުކޮށްފި އެވެ.

އައްޑޫ ސިޓީގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ފުލުހުން ގެއެއްގެ ދޮރު ވައްޓާލައިގެން ވަދެ ފާހަނާގައި ބަރަހަނާ ހާލުގައި އަންހެނަކު ހުއްޓައި އަންހެން ފުލުހަކު ނެތި ވަދެގަތް ކަމަށް ބުނާ މައްސަލައެެއް ފެންމަތިވީ މިއަދު އެވެ. އެގޮތުން ފުލުހުން ބޮޑީވޯން ކެމެރާ ޖައްސައިގެން ހިންގި ކަމަށް ބުނާ މި އޮޕަރޭޝަންގައި އަންހެން މީހާގެ ކަރާމާތައް އުނިކަން ލިބޭ ފަދައިން ފުލުހުން އަމަލު ކުރި ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ފުލުހުންނަށް ފާޑު ކިޔަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

އަދި މި ހާދިސާ ދިމާވި މީހާގެ އާއިލާއިން މިކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ރާއްޖޭގެ ބައެއް ނޫސްތަކަށްވެސް ވަނީ އިންޓަވިއުދީފައި އެވެ.

މި މައްސަލަ ފެންމަތިވުމާއި އެކު ފުލުހުންގެ ތަރުޖަމާނު އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ފުލުހުން އައްޑޫގައި މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ކުރިޔަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އަޑުފެތިރިފައިވާ ފަދަ ކަމެއް ދިމާ ނުވާ ކަމަށާއި އަދި އެފަދަ މަންޒަރެއް ފުލުހުން ރިކޯރޑުކޮށްފައި ނުވާނެ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައެއްގައި އައްޑޫ ސިޓީ ހިތަދޫގެ އެޕާޓްމެންޓެއް އިއްޔެގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ބަލާފާސްކޮށްފައިވާ ކަމަށެވެ. އެގޮތުން އެޕާޓްމެންޓަށް ވަނުމަށް ދޮރު ހުޅުވުމަށް ތަކުރާކުކޮށް ފުލުހުން އެދުމުންވެސް ދޮރު ނުހުޅުވުމުން އެ އެޕާޓްމެންޓަށް ފުލުހުން ވަދެފައިވަނީ ބާރުގެ ބޭނުންކޮށްގެން ދޮރުވައްޓާލައިގެން ކަމަށާއި އަދި އެޕާޓްމެންޓުގެ ދެ ކޮޓަރިއެއްގެ ދޮރުހުޅުވުމަށް ތަކުރާރުކޮށް އެދުމުންވެސް ދޮރު ނުހުޅުވުމުން ފުލުހުން އެކޮޓަރިއަށް ވަދެފައިވަނީވެސް ބާރުގެ ބޭނުންކޮށްގެން ދޮރު ވައްޓާލައިގެން ކަމަށެވެ.

އޭގެ ތެރެއިން އެއް ކޮޓަރީގައި ފެން ވަރައިގެން ނުކުމެ ހުރި އަންހެނަކު ހުރުމުން ފުލުހުން ވަނީ ދޮރު ލެއްޕުމަށްފަހު ކޮޓަރިން ނުކުތުމަށް ފުރުސަތު ދީފައި ކަމަށްވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. އަދި އެޕާޓްމެންޓުގެ އެއްވެސް ފާހަނާއެއްގެ ދޮރު ވައްޓާލާފަ ވަދެފައި ނުވާކަމަށާއި މި އޮޕަރޭޝަންގައި ހަރަކާތްތެރިވި ފުލުހުން ބޮޑީވޯން ކެމެރާ ބޭނުންކޮށްފައިވާ ނުވާކަންވެސް މިޑިއާ އޮފިޝަލް ވަނީ ފާހަގަކުރައްވާފައެވެ.

މީޑިއާ އޮފިޝަލް އިތުރަށް ވިދާޅުވީ މި އޮޕަރޭޝަން ހިންގުމުގައި ބާރުގެ ބޭނުންކުރި ގޮތުގައި ރިވިއުއެއް ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެެއިން އެއިދާރާއިން ކުރާނެ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ