ހުޅުމާލެ އެކްސިޑެންޓް: ހައްޔަރުކުރި މީހުންގެ ވަނަވަރު އާންމުކޮށްފި

ޚަބަރު ފަހުގެ

ހުޅުމާލެ ދެވަނަ ފިިޔަވަހީގައި މިއަދު ހިނގި އެކްސިޑެންޓާއި ގުޅިގެން ހައްޔަރުކުރި މީހުންގެ ވަނަވަރު އާންމުކޮށްފި އެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އިކްރާމުއްރަހްމާން / ހ. ނޫރަަންމާގެއާގެ، ކ. މާލެ އާއި އިބްރާހީމް އިކްރާމް / މ. ލޭންޑްއޮފްގާރޑް، ކ.މާލެ އަދި ޖިނާހް އިސްމާޢީލް / އާޒާދުގެ، ގދ. ކަނޑުހުޅުދޫ އެވެ.

އިޝްތިހާރު
އިޝްތިހާރު

މި އެކްސިޑެންޓް ހިނގާފައިވަނީ ބާރު ސްޕީޑުގައި އައި ކާރެއް ކޮންޓްރޯލުން ނެއްޓި މަގުގެ އެއްފަރާތުގައި މަޑުކޮށްގެން އިން ސައިކަލެއްގައި ޖެހިގެންނެވެ. ސައިކަލުގައި ކާރު ޖެހުނުލެއް ބާރުކަމުން، ސައިކަލުގައި އިން މީހާ ވަނީ ވިއްސައިގެން ގޮސް ދުރަށް ވެއްޓިފަ އެވެ.

މި އެކްސިޑެންޓްގައި އަނިޔާ ލިބުނު މީހާ އަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުންދާއިރު، އޭނާގެ ހާލު މިހާރު ރަނގަޅު ކަމަށް މައުލޫމާތު ލިބެ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

  1. އާންމު ސަރަހައްދުތަކުގައި ރޭސް ޖެހުމާއި، ގޯސްކޮށް އޯވަރޓޭކް ކުރުން، އަދި މޯބައިލް ފޯނު ބޭނުން ކުރުން އާންމުވެފައި ވަނީ ފުލުހުން ވެސް ތިބޭ ތަންތަނުގައި. ޒިބްރާކްރޮސް ބަލަހަަށްޓާ ބައެއްގެގޮތުގައި ފުލުހުން ތިބޭކަމާ މެންދުރު އަވީގައި ޓްރެފިކް ކަންކަމުގައި ނޫޅޭކަމީ ދެރަ ވަރު ކަމެއް.