އައިސްޕްލާންޓް ހިންގުން ފެނަކަ އިން ހުއްޓާލައިފި

ޚަބަރު ފަހުގެ

ފެނަކަ ކޯޕަރޭޝަނުން މި ހިދުމަތް ހުއްޓާލިކަން ހާމަކުރީ އެ ކުންފުނިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މުއާޒް ރަޝީދު އެވެ.

މުއާޒް ވިދާޅުވީ ކުންފުނިން ކުރަންޖެހޭ ކަންތައްތަކުގެ ބޭރުން ކަންކަންކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި އައިސްޕްލާންޓް އިމާރާތްކުރުމާއި އައިސްޕްލާންޓް ހިންގުން ހިމެނޭ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

“(އައިސްޕްލާންޓް ހިންގަން) އަހަރަކު ގާތްގަނޑަކަށް 12 ވަރަކަށް މިލިއަން ރުފިޔާ އަޅުގަނޑުމެންނަށް ގެއްލުންވަމުން އައިސްފަ އޮތީ،” މުއާޒް ވިދާޅުވި އެވެ.

ގެއްލުންވާ އެއްވެސްކަމެއް ކުރިއަށް އޮތްތަނުގައި ނުކުރަން ނިންމާފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މުއާޒް ވިދާޅުވީ އޭޓީއެމް އިމާރާތްކުރުމަށްވެސް އެތައް މިލިއަން ރުފިޔާއެއް ކުންފުނިން ހަރަދުކޮށްފައިވާ ކަމަށެވެ. އެއީ އެ ކުންފުނީގެ ހިދުމަތުގެ ފެންވަރު ރަނގަޅުވާނެ ކަމެއް ނޫންކަން އޭނާ ފާހަގަކުރެއްވި އެވެ. އެހެންކަމުން އެ މަސައްކަތްވެސް ހުއްޓާލާފައިވާ ކަމަށް ވިދާޅުވި އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ