އޮލިމްޕިކްސްގައި އާން އަށް ގައުމީ ރެކޯޑް ޓައިމިންއަކާ އެކު ހީޓުގެ ތިން ވަނަ

ކުޅިވަރު ފަހުގެ

އޮލިމްޕިކްސް ގޭމްސްގެ ސްވިމިން 50 މީޓަރު ފިރިހެނުންގެ ފްރީސްޓައިލް އިވެންޓުގައި ރާއްޖޭގެ މުހައްމަދު އާން ހުސެއިން ވާދަކުރި ހީޓުގެ ތިން ވަނަ ހޯދައިފިއެވެ.

އާން، 19، މިއަދު މެންދުރު ފަހު، އޮލިމްޕިކްސްގެ 50 މީޓަރު ފްރީ ސްޓައިލް އިވެންޓްގެ ހީޓު ހަތަރެއްގައި ވާދަކޮށް، ރޭސް ނިންމީ، 24.22 ސިކުންތުންނެވެ. މިއީ ގައުމީ ރެކޯޑް ޓައިމިން އެވެ. މި ހީޓުގައި އާން އާއިއެކު ވާދަކުރީ އަށް ފެތުންތެރިންނެވެ.

އިޝްތިހާރު
އިޝްތިހާރު

އެންމެ ފަހުން 50 މީޓަރު ފްރީ ސްޓައިލް އިވެންޓުން ގައުމީ ރެކޯޑް ހަދާފައިވަނީވެސް އާންއެވެ. އެއީ މި އަހަރު މެއި މަހު މެލޭޝިއާގައި ކުރިއަށްދިޔަ މުބާރާތުގައި 24.28 ސިކުންތުން ރޭސް ނިންމައިގެންނެވެ.

އާން އަށް ވުރެ ކުރިން ރޭސް ނިންމި އެތުލީޓުންނަކީ، އެއް ވަނަ ހޯދި ސްވިޒަލެންޑްގެ ތިއަރީ ބޮލިން އާއި ބުރުނޑީގެ ބެލީ-ކްރެސަސް ގަނީރާ އެވެ. ބޮލިންގެ ޓައިމިން އަކީ 22.95 ސިކުންތެވެ. އަދި ގަނީރާ ރޭސް ނިންމީ، 23.80 ސިކުންތުންނެވެ.

މި ފަހަރުގެ އޮލިމްޕިކްސްގެ ސްވިމިން 50 މީޓަރު ފްރީސްޓައިލް އިވެންޓްގައި ޖުމްލަ އެކު، 74 ފެތުންތެރިން ވާދަކުރި އެވެ. އާންގެ ޓައިމިންއާ އެކު، އޭނާ އަކީ، ހުރިހާ ހީޓަކަށް ބަލާނަމަ 50 ވަނަ އެވެ.

 

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ