ހަނިމާދޫ އިންޓަނޭޝަނަލް އެއަޕޯޓުގައި މަސައްކަތް ކުރަމުން ދިޔަ ބިދޭސީއަކު މާރާމާރީ ހިންގުމާ ގުޅިގެން އޭނާ ހައްޔަރުކޮށް ބަންދުގައި ބެހެއްޓުމަށް ކޯޓުން 15 ދުވަސް ދީފި އެވެ.
ހަނިމާދޫ އެއާޕޯޓްގައި މަސައްކަތް ކުރަމުން ދިޔަ ބިދޭސީ ދެ މީހެއްގެ މެދުގައި މާރާމާރީ ހިންގާފައިވަނީ ހުކުރު ދުވަހުގެ ރޭ 8:00 ހާއިރުއެވެ. މާރާމާރީ ހިންގާފައިވަނީ 37 އަހަރުގެ އިންޑިއާ ފިރިހެނަކާއި 39 އަހަރުގެ އިންޑިއާ ފިރިހެނެއްގެ ދެމެދުގައެވެ. މި މައްސަލައިގައި ފުލުހުން ހައްޔާރުކޮށްފައިވަނީ 37 އަހަރުގެ މީހާއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެ މީހާގެ ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރުކުރުމް 15 ދުވަހުގެ މުއްދަތެއް ޖަހާފައިވާ ކަމަށެވެ.
ފުލުހުން ވިދާޅުވީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.