އެމެރިކާ އިން ރާއްޖެއަށް އިތުރު 8 މިލިއަން ޑޮލަރު ދީފި

ޚަބަރު ފަހުގެ

ދައުލަތުގެ މާލިއްޔަތު ބެލެހެއްޓުމުގައި ރާއްޖޭގެ ފަންނީ ގާބިލުކަން އިތުރު ކުރުމަށް 8.5 މިލިއަން ޑޮލަރުގެ އެހީއެއް ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި އެމެރިކާއިން ސޮއިކޮށްފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ މިދިޔަ އަހަރު ތަކުގައި ރާއްޖެއަށް ކަނޑައަޅާފައިވާ ފައިސާގެ އަދަދު އިތުރު ކުރަމުން އައިސް، އެ އިސްލާހުގެ ދަށުން އެމެރިކާ ސަރުކާރުން ރާއްޖެއަށް އިތުރު 8.5 މިލިއަން ޑޮލަރު ފޯރުކޮށްދީފައިވާ ކަމަށެވެ. އެއާ އެކު، އެއްބަސްވުމުގެ ޖުމްލަ އަގު 45.7 މިލިއަން ޑޮލަރަށް އިތުރު ކޮށްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

އިޝްތިހާރު
އިޝްތިހާރު

މި އެއްބަސްވުމަކީ ދައުލަތުގެ މާލިއްޔަތު ބެލެހެއްޓުމުގައި ރާއްޖޭގެ ފަންނީ ޤާބިލުކަން އިތުރުކޮށް، ރާއްޖޭގެ އިޤްތިޞާދީ އަދި ޑިމޮކްރެޓިކް ވެރިކަން އިތުރަށް ހަރުދަނާ ކުރުމަށް ރާއްޖެއާއި އެމެރިކާއާ ދެމެދު ސޮއިކުރި ތާރީގީ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެއްބަސްވުމެެއް ކަމަށެވެ.

ފާއިތުވި އަހަރުތަކުގައި، ކަނޑައެޅިފައިވާ ފައިސާގެ އަދަދު މަޑުމަޑުން އިތުރުވަމުންގޮސް، މި އިސްލާހުގެ ދަށުން އެމެރިކާ ސަރުކާރުން ވަނީ ރާއްޖެއަށް އިތުރު 8.5 މިލިއަން ޑޮލަރު ފޯރުކޮށްދީ އެއްބަސްވުމުގެ ޖުމްލަ އަގު 45.7 މިލިއަން ޑޮލަރަށް އިތުރުކޮށްފަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ