ކުޅުދުއްފުށި ޗެމްޕިއަންޝިޕް ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ފެށީ މޮޅަކުން

ހަނިމާދޫ ކުޅިވަރު ފަހުގެ

މިއަދު ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ އާއި މާއްޓޭ ސްޕޯޓްސް ބައްދަލުކުރި މެޗު ހަނިމާދޫ ކާމިޔާބުކުރީ 10-1 ލަނޑުންނެވެ.

މުޅި މެޗުގައި އެއްވެސް ޕްރެޝަރެއް ނެތި ހަމަޖެހިލައިގެން ކުޅެމުންދިޔަ ހަނިމާދޫގެ ޓީމުން މެޗުގެ ވަރަށް ކުރީކޮޅު ލީޑު ނެގި އެވެ.

އިޝްތިހާރު
އިޝްތިހާރު

އެގޮތުން މެޗު 6 ވަނަ މިނެޓުގައި މުހައްމަދު ހާލިދު ވަނީ ހަނިމާދޫ އަށް ލަނޑެއްޖަހާފައެވެ. ނަމަވެސް ހަނިމާދޫއަށް ލީޑުގައި އޮވެވުނީ 4 ވަރަކަށް މިނެޓު ވަންދެނެވެ. ހަނިމާދޫގެ ޑިފެންސަށް ހެދުނު ގޯހެއްގައި މާއްޓޭ ސްޕޯޓްސްގެ އަސްޖައު މޫސާ ވަނީ ނަތީޖާ އެއްވަރުކޮށްފަ އެވެ.

ނަމަވެސް މެޗުގެ 28 ވަނަ މިނެޓުގައި ހަނިމާދޫއިން ވަނީ އަނެއްކާވެސް ލަނޑެއް ޖަހައި ނަތީޖާ އަނބުރާލާފަ އެވެ. މިލަނޑު ހަނިމާދޫ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ މުޅި މެޗުގައި ވެސް މޮޅުކުޅުމެއް ދެއްކި ހަނިމާދޫ ޖޯޒީ ނަންބަރު 12 އަލީ ހުސައިން އެވެ.

ފުރަތަމަ ހާފުގެ ކުޅުން ނިމުނީ 2 – 1 ން ހަނިމާދޫ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ވެސް ހަނިމާދޫއިން ފެށީ ކުރިއަށްވުރެވެސް ވަރުގަދަކޮށެވެ. އެގޮތުން ހާފު ފެށިގެން 2 މިނެޓު ތެރޭގައި އަލީ ހުސައިން ވަނީ ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފަ އެވެ.

އޭގެ ދެ މިނެޓްފަހުން ހަނިމާދޫގެ ނައުފަލް ލަނޑެއް ކާމިޔާބުކުރިއިރު މެޗުގެ 50 ވަނަ މިނެޓުގައި ނާއިލް ޔޫސުފް ވަނީ އެޓީމުގެ 5 ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ. އެޓީމުގެ 6 ވަނަ ލަނޑު ވެސް އޭގެ 8 މިނެޓު ފަހުން ޖަހައިދިނީ ނާއިލް އެވެ.

މުޅި މެޗުގައި ވެސް މޮޅުކުޅުމެއް ދައްކަމުން ދިޔަ ހަނިމާދޫގެ އަލީ ހުސައިން ވަނީ އެޓީމުގެ 7 ވަނަ ލަނޑު މެޗްގެ 63 ވަނަ މިނެޓުގައި ޖަހައި އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފަ އެވެ. މިމެޗުގައި ހަނިމާދޫގެ ބާކީ ލަނޑުތައް ކާމިޔާބުކުރީ އަލީ ހުސައިންގެ އިތުރުން އެޓީމުގެ ނައުފަލް އާއި މޫސާ ކައުޔާޝް ކައިލް އެވެ. ނައުފަލްގެ ލަނޑަކީ 81 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ.

މިމެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ އަލީ ހުސައިން އެވެ. އޭނާ ވަނީ މުޅި މެޗުގައި 4 ލަނޑު ކާމިޔާބު ކޮށްފަ އެވެ.

ދެން ހަނިމާދޫ މެޗެއް ކުޅޭނީ މިމަހުގެ 11 ވަނަ ދުވަހު ކުލަބު ތިލަދުންމަތި ޓީމާއި ދެކޮޅަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ