އިންޑިއާގެ އެހީގައި 28 ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް ނިންމައި ހަވާލުކޮށްފި

ޚަބަރު ފަހުގެ

އިންޑިއާގެ އެހީގައި ރާއްޖޭގެ 28 ރަށެއްގައި ކުރިޔަށް ގެންދިޔަ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ފުރިހަމަކޮށް ދިވެހި ސަރުކާރާ ހަވާލުކޮށްފިއެވެ.

މި މަސައްކަތް ނިންމައި ސަރުކާރާ ހަވާލު ކުރީ ރައީސް އޮފީހުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ.ސުބްރަމަނިއަމް ޖައިޝަންކަރު ބައިވެރިވެވަޑައިގަންނަވައެވެ.

އިޝްތިހާރު
އިޝްތިހާރު

އިންޑިއާގެ އެގްޒިމް ބޭންކުގެ އެހީގައި ރާއްޖޭގެ 34 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމަށް 2019 ވަނަ އަހަރު މާޗް 28 ވަނަ ދުވަހު ވަނީ މަސައްކަތް ހަވާލުކޮށްފައެވެ. އޭގެތެރެއިން 21 ރަށެއްގެ ފެނުގެ ނިޒާމު، ދެ ރަށެއްގެ ނަރުދަމާ ނިޒާމު އަދި ފަސް ރަށެއްގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކޮށް ވަނީ ސަރުކާރާއި ހަވާލުކުރެވިފައެވެ.

ފެނުގެ ނިޒާމު ގާއިމްކޮށްފައިވާ ރަށްތަކަކީ:

* ހއ.ކެލާ
* ށ.ފުނަދޫ
* ނ.މަނަދޫ
* ކ.ކާށިދޫ
* ޅ.ކުރެންދޫ
* ވ.ފެލިދޫ
* ދ.މީދޫ
* ފ.ބިިލެއްދޫ
* ލ.މާބައިދޫ
* ލ.އިސްދޫ-ކަލައިދޫ
* ލ.މާމެންދޫ
* ލ.ގަން
* މ.ކޮޅުފުށި
* މ.މުލި
* ތ.ހިރިލަންދޫ
* ގއ.މާމެންދޫ
* ގއ.ދާންދޫ
* ގއ.ގެމަނަފުށި
* ގދ.ފަރެސްމާތޮޑާ
* ގދ.ހޯޑެއްދޫ
* ގއ.މަޑަވެލި

ނަރުދަމާ ނިޒާމު ގާއިމްކޮށްފައިވާ ރަށްތަކަކީ:

* އއ.ތޮއްޑޫ
* އދ.ދަނގެތި

ފެނާއި ނަރުދަމާ ގާއިމްކޮށްފައިވާ ރަށްތަކަކީ:

* މ.މަޑުއްވަރީ
* ވ.ފުލިދޫ
* ވ.ތިނަދޫ
* ދ.ބަނޑިދޫ
* ފ.ދަރަނބޫދޫ

މީގެއިތުރުން އިންޑިއާ އެހީގައި ރާއްޖޭގައި ކުރިޔަށް ގެންދިޔަ ހަ މަޝްރޫއެއް ނިންމުމަށްފަހު ރޭ ވަނީ ސަރުކާރާއި ހަވާލުކޮށްފައެވެ.

ޖައިޝަންކަރު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ރައީސް މުއިއްޒު އާ މިއަދު ހެނދުނު ވަނީ ބައްދަލުކުރައްވާފައެވެ. ރާއްޖެއާއި އިންޑިއާއި ދެމެދުގައި އޮތް ޒަމާންވީ ގުޅުން ބަދަހި ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ވަނީ ދެއްވާފައެވެ.

ދެގައުމުގެ ގުޅުން ދައކުވައިދޭ ނިޝާނެއްގެ ގޮތުގައި ޖައިޝަންކަރު އާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިއަދު ވަނީ މާލޭ ލޮނުޒިޔާރަތް ޕާކުގައި ކާމަރަނގަ ގަހެއްވެސް އިންދަވައިފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ