މޫސުމާއި ބެހޭ ގައުމީ އިދާރާއިން ރީނދޫ ސަމާލު ނެރެފައިވަނީ ހއ އަތޮޅުން ފެށިގެން ބ އަތޮޅާއި ހަމައަށެވެ. އެގޮތުން މި ސަމާލު ނެރެފައިވަނީ މިއަދު 11:00 ފެށިގެން ހަވީރު 15:00 ގެ ނިޔަލަށެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނި އެސަރަހައްދަށް ގަޑި އަކު 50 މޭލަށް ވައިގަދަ ގަދަވަޔާއި ގުގުރުމާއި އެކު ވިއްސާރަކުރާނެ ކަމަށެވެ. އަދި ކަނޑުތައްވެސް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައި އެވެ.
ރީނދޫ ސަމާލު ނެރެފައިވާ ސަރަހައްދުތަކުގައި ނުވަ މީޓަރުން ދަށުގެ އުޅަނދު ފަހަރުގައި ފަސިންޖަރުން އުފުލުމާއި އަދި ސަލާމަތީ ހިދުމަތްދޭ ފަރާތްތަކެއްގެ އުޅަނދު ފިޔަވައި އެސައިޒްގެ އެހެން އުޅަނދެއް ދުއްވުން ވެސް މަނާ ވާނެއެވެ.