ކުޅުދުއްފުށި ޗެމްޕިއަންޝިޕުގެ ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި އިއްޔެ ހަނިމާދޫ ޒުވާނުންގެ ޖަމުޢިއްޔާ އާއި ޒިގްޒެގް ފޯރ ޔޫތު ލިންކޭޖް ބައްދަލުކުރި މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ ޒިގްޒެގުންނެވެ. އެއީ މެޗުގެ 24 ވަނަ މިނެޓުގައި ބިދޭސީ ފޯވާޑް ޕްރިންސް ލާބީ ކާމިޔާބު ކުރި ލަނޑެކެވެ. ނަމަވެސް އޭގެ 3 މިނެޓް ފަހުން ހަނިމާދޫ ޙުސައިން ރަމީޒު ވަނީ ލަނޑެއްޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ.
ނަމަވެސް އޭގެ 10 މިނެޓް ފަހު ޒިގްޒެގުން ވަނީ ލަނޑެއްޖަހައި ނަތިޖާ 2-1 ށް ބަދަލު ކޮށްލައިފައެވެ. ފުރަތަހާފު ނިންމާލަން ޖެހުނީ މިނަތީޖާއިންނެވެ.
މެޗުގެ ދެވަނަ ހާފު ކުޅުން ފަށައި ހަނިމާދޫ ޓީމުން ވަނީ ލަނޑެއް ކާމިޔާބު ކޮށްފައެވެ. އެއީ 50 ވަނަ މިނެޓުގައި ހަނިމާދޫގެ މުހައްމަދު ޢަލީ ކާމިޔާބު ކޮށްދިން ލަނޑެކެވެ. އަދި ހަނިމާދޫ ޓީމުކޮޅަށް ނަތީޖާ ބަދަލު ކޮށްލީ އޭގެ ދެ މިނެޓްފަހުން އަނެއްކާވެސް މުހައްމަދު ޢަލީ ކާމިޔާބު ކޮށްދިން ލަނޑުންނެވެ.
އަދި މުހައްމަދު ޢަލީ އޭނާގެ ހެޓްރިކް ފުރިހަމަ ކޮށް ހަނިމާދޫއަށް ދެލަނޑުގެ ލީޑެއް ނަގައިދިނީ މެޗުގެ 75 ވަނަ މިނެޓުގައެވެ. ހަނިމާދޫގެ 5 ވަނަ ލަނޑަކީ 93 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ނާއިލް ޔޫސުފް ކާމިޔާބުކޮށްދިން ލަނޑެކެވެ.