ތިލަފުށީގައި ހުރި މެރިންޑޯ ވޯކްޝޮޕްގައި ހިނގި އަލިފާނުގެ ހާދިސާގައި ދިވެއްސަކު ފިހިއްޖެއެވެ.
އެމްއެންޑީއެފުގެ މީޑިއާ އޮފިޝަލަކު ދެންމެ ވިދާޅުވީ ދިވެއްސަކަށް ދުމުގެ އަސަރުކޮށްގެންނާއި ކޮންމެވެސް ވަރަކަށް ފިހިގެން ހޮސްޕިޓަލަށް ގެންދިޔަ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެކަމާ ގުޅޭ އިތުރު ތަފްސީލް ލިބުމުން ހިއްސާ ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ވޯކްޝޮޕްގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވީ ނަމަވެސް އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައި ނުވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން އަލިފާން ރޯވި ގަޑީގައި ވޯކްޝޮޕް ތެރޭގައި މެރިންޑޯގެ 30 ވަރަކަށް މުވައްޒަފުން ތިިިބި އެވެ. އެ އެންމެންވެސް ސަލާމަތްކަމާއެކު ވޯކްޝޮޕުން ވަނީ ނެރެފަ އެވެ.
އަލިފާން ރޯވާން ދިމާވި ސަބަބެއް އަދި މިހާތަނަށް އެނގިފައެއް ނުވެ އެވެ.