ހަނިމާދޫ އެއާޕޯޓު ފުލައިޓް ޖައްސަން އެކަށީގެން ނުވާތީ ދަތުރުތައް ކެންސަލްކޮށްފި

ހަނިމާދޫ ފަހުގެ

ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓަށް ޤައުމީ އެއަރލައިނުން ކުރަމުން އައި ދަތުރުތައް، ރައްކާތެރިކަން ކަށަވަރުވަންދެން ވަނީ މެދު ކަނޑައިލައިފައެވެ.

ދަތުރުތައް މެދު ކަނޑައިލަން ޖެހުމާއިއެކު މިރޭ ހަނިމާދޫ ކޮޅުން އިންޑިއާއަށް ދަތުރު ކުރަން ހަމަޖެހިފައިވާ ފްލައިޓުވެސް ވަނީ މިހާރު ކެންސަލް ކޮށްފައެވެ.

އިޝްތިހާރު
އިޝްތިހާރު

މައުލޫމާތު ލިބޭގޮތުން ހަނިމާދޫ އެއާޕޯޓަށް ކުރަން ހަމަޖެހިފައިވާ ދަތުރުތައް މެދު ކަނޑައިލީ އެއާޕޯޓު ފަޔަ ލޮރީއަށް މައްސަލަތަކެއް ދިމާވެ، އެކަން ހައްލުކުރުމަށް މާލެއިން ސްޕެއަރ ގެންނަން ޖެހޭތީއެވެ.

މިކަމާއި ގުޅޭގޮތުން ހަނިމާދޫ އެއާޕޯޓުގެ ބަހެއް ހޯދައިލުމަށް ހަނިމާދޫ އެއާޕޯޓު މެނޭޖަރާއި ގުޅައިލުމުން އޭނާ ފޯނަށް ޖަވާބު ނުދޭތީ އެއާޕޯޓުގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ