އިއްޔެ ހެދުނުން ފެށިގެން ހަނިމާދޫ އެއާޕޯޓް ވަނީ ބަންދުކޮށްފައެވެ. އެއީ ސަލަމަތީ ގޮތުން ފުރިހަމަވާން ޖެހޭ ފަޔަރ ސަރވިސް ލޮރީ ހަލާކުވުމާއި ގުޅިގެންނެވެ.
ހަނިމާދޫ އެއާޕޯޓް މެނޭޖަރު ވިދާޅުވީ ފަޔަރ ލޮރީއަށް ދިމާވި މައްސަލަ މިއަދު 12:00 އާއި ކައިރި ވެފައި ވަނިކޮށް ހައްލު ކުރެވިފައި ވާކަމަށެވެ. އެހެން ކަމުން ކުރިއެކޭ އެއްގޮތަށް ހިދުމަތް ދެވޭނެ ކަމަށެވެ.
ހަނިމާދޫ އެއާޕޯޓު ފަޔަރ ލޮރީ މަސައްލަ ޖެހުމުން ހަނިމާދޫއަށް ތާވަލުކޮށްފައި ހުރި ދަތުރުތައް ބަދަލުކުރީ ކުޅުދުއްފުއްޓަށެވެ.
އަދި ރޭ ހަނިމާދޫ ކޮޅުން އިންޑިއާއަށް ކުރަން އޮތް ދަތުރުވެސް ވަނީ މި ރެއަށް ބަދަލު ކޮށްފައެވެ.