ކްލަބް ޑޮމިނޭޓާސް ބަލިކޮށް ޗެމްޕިއަންކަން ހަނިމާދޫ ޒުވާނުންގެ ޖަމުޢިއްޔާއިން ހޯދައިފި

ހަނިމާދޫ ކުޅިވަރު ފަހުގެ

ދެ ޓީމްގެ ފަރާތުން ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނުނު މި ފައިނަލަލް މެޗުގެ ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ ހަނިމާދޫ ޓީމުންނެވެ. މި ލަނޑު ފުރަތަމަ ހާފުގައި ޖަހައިދިނީ އަލީ ހުސައިން (ދަގަނޑޭ) އެވެ. ހަނިމާދޫއިން ލީޑު ނެގުމާއިއެކު ހިރިމަރަދޫ ޓީމުން ވަނީ އެޓޭކް ވަރުގަދަކޮށް ހަނިމާދޫގެ ގޯލަށް ނުރައްކާ ކޮށްފައެވެ. ހާފު ނިމުމުގެ ކުރިން ހިރިމަރަދޫ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު ޖަހައިދިނީ މުހައްމަދު ނަޝީދު (ފޯވާޑް) އެވެ.

މެޗުގެ ދެވަނަ ހާފުގެ ފުރަތަމަ ވިހި މިނެޓްގެ ތެރޭ ހަނިމާދޫއިން ދެވަނަ ފަހަރަށް ލީޑު ނެގިއެވެ. ދަގަނޑޭ ނަގައިދިން ކޯނަރަކުން ބޮލުން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން މި ލަނޑު ކާމިޔާބު ކޮށްދިނީ އާލިފް އިބްރާހީމް (ކޮއްކޮ) އެވެ. ހަނިމާދޫއަށް މާގިނަ ވަގުތު ލީޑުގައި އޮވެވޭގޮތެއް ނުވިއެވެ. އަރިމަތިން ހިރިމަރަދޫ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ އިބްރާހީމް ހުރަސްކުރި ބޯޅަ ހަނިމާދޫ ޓީމްގެ ޑިފެންޑަރ މުހައްމަދު އަބްދުލް ޤަފޫރުގެ ފައިގައި ޖެހިފައި ވަނީ ބައިކޮޅަށެވެ. އެއަށް ފަހުވެސް ދެ ޓީމުން ލަނޑުޖެހޭތޯ ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް މެޗު ނިމިގެން ދިޔައީ 2-2 ކުން އެއްވަރު ވެގެންނެވެ.

އިޝްތިހާރު
އިޝްތިހާރު

މިއާއެކު ނަތީޖާ ނެރެންޖެގުނީ ޕެނަލްޓީ ޝޫޓްއައުޓްނެވެ. ޕެނަލްޓީ ޝޫޓްއައުޓް ހަނިމާދޫން ކާމިޔާބު ކޮށްފައިވަނީ 5 – 4 ންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހަނިމާދޫގެ އަލީ ހުސައިން (ދަގަނޑޭ) އެވެ. އޭނާ ވަނީ މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ އިތުރުން އެންމެ މޮޅު ސްޓްރައިކަރުގެ މަގާމު ވެސް ހޯދައިފަ އެވެ.

އަލީ ހުސައިން (ދަގަނޑޭ)

އެންމެ މޮޅު މިޑްފީލްޑަރަކަށް ހޮވުނީ ޑޮމިނޭޓާސްގެ އިބްރާހިމް އޮލަޑިމޭޖީ ޖިމޯ އެވެ. އެންމެ މޮޅު ޑިފެންޑަރުގެ މަގާމު ހަނިމާދޫގެ މޫސާ ކައުޔާޝް ކައިލް ހޯދިއިރު އެންމެ މޮޅު ކީޕަރަކަށް ހޮވުނީ ކުލަބު ޑޮމިނޭޓާސްގެ ހަސަން މޫސާ އެވެ. މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ އަލީ ހުސައިން (ދަގަނޑޭ) އެވެ.

ހަނިމާދޫގެ ކޯޗު ޖާދު އަލީ

މުބާރާތުގެ އެންމެ މޮޅު ކޯޗުގެ މަގާމު ހަނިމާދޫގެ ކޯޗު ޖާދު އަލީ ހޯދިއިރު މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވުނީ ކުލަބް ތިލަދުންމައްޗެވެ. އަދި 5 ލަނޑާއެކު އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދައިފައިވަނީ ހަނިމާދޫގެ އަލީ ހުސައިންއާއި ޒިގްޒެގްގެ ބިދޭސީ ކުޅުންތެރިޔާ ޕްރިންސް ލާބީގެ އިތުރުން ޑޮމިނޭޓާސްގެ ޗުކުވުކާ މައިކަލް އެވެ. މިއިން ކޮންމެ ކުޅުންތެރިޔަކު ވަނީ 5 ލަނޑު ޖަހާފަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ