ވިންޓާ ސީޒަން އަށް މޯލްޑިވްސް އެއާޕޯޓްސް ލިމިޓެޑް (އެމްއޭސީއެލް) އިން ތައްޔާރުވާން ފަށައިފި

ޚަބަރު ފަހުގެ

މިކަން ހާމަކޮށް އެ ކުންފުނިން ވަނީ ނޫސްބަޔާނެއް ނެރެފައެވެ. މި ނޫސްބަޔާނުގައި ބުނެފައިވަނީ ޓޫރިޒަމް ގެ އެންމެ ޕީކް ސީޒަން ވިންޓާ ސީޒަން އަށް ތައްޔާރުވާން ފަށާފައިވާ ކަމަށާއި އެގޮތުން ފެށުމުގެ ގޮތުން އެ ކުންފުނީގެ ފެސިލިޓީސް މެނޭޖްމަންޓް އެންޑް ޔުޓިލިޓީސް ޑިވިޒަން (އެފް.އެމް.ޔޫ.ޑީ) އިން މިއަދު ޚާއްސަ އިވެންޓެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

މި އިވެންޓުގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޝަރީފް ވިދާޅުވީ އެފްއެމްޔޫޑީގެ އިވެންޓްއަކީ ރޭވިފައިވާ މަސައްކަތުގެ ފެށުމެއް ކަމަށެވެ. އަދި އިބްރާހީމް ޝަރީފް މުހައްމަދު ކުންފުނީގެ އެތެރޭގައި ކުރެވޭ މަސައްކަތްތައް މުވައްޒަފުންގެ މެދުގައި މަޝްވަރާކުރެވިގެން ކުރިއަށް ގެންދާ ކަން ފާހަގަކުރައްވައި އެކަމަށް ތައުރީފު ކުރައްވާފައެވެ.

އިޝްތިހާރު
އިޝްތިހާރު

މީގެ އިތުރުން ޝަރީފް ވިދާޅުވީ އަންނަ އަހަރުގެ ސީޒަނަށް ލަނޑުދަނޑިތަކެއް ކަނޑައަޅައި، އަމާޒުތަކަށް ވާސިލުވުމަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދައި، އެއާޕޯޓުން ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ރަނގަޅު ކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

އެމްއޭސީއެލުން މައުލޫމާތު ދޭ ގޮތުގައި އެފް.އެމް.ޔޫ.ޑީ ގެ ނަމުގައި ބޭއްވި އެ އިވެންޓްގެ މަގުސަދަކީ ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކުރަން ރާވާފައިވާ ކަންކަން މެނޭޖްމެންޓާ ހިއްސާކޮށް ކުންފުނީގެ ލަނޑުދަނޑިތަކާއި އެއްގޮތްވާ ގޮތުގެ މަތިން މަސައްކަތްތައް ރާވައި އިންތިޒާމް ކުރުން ކަމަށެވެ. އަދި އެ އިވެންޓު މެދުވެރިކޮށް ހިންގަން ފެށި ތައްޔާރީގައި އެންމެ ބޮޑު ސަމާލު ކަމެއް ދެނީ، ފުރާ ފަސިންޖަރުންނާއި އެއާލައިންތަކަށް ފަސޭހަ އަދި ރަނގަޅު ހިދުމަތްތަކެއް ދެވޭނެ ފަދަ މާހައުލެއް ގާއިމު ކުރުން ކަމަށް ވެސް އެމްއޭސީއެލުން ބުނެއެވެ.

މިގޮތުން މިހާރު ބޭނުން ކުރާ ޓާމިނަލް ސަރަހައްދު ތަނަވަސްކޮށް، ކާރުބާރޫ ބޮޑުވުމުގެ މައްސަލަ ހައްލުކުރުމުގެ އިތުރުން މުޅި ފެސިލިޓީގައި ފިނިހޫނުމިން އެކަށީގެންވާ މިންވަރެއްގައި ބެހެއްޓުމަށާއި ޓަރމިނަލް ރީތި ކުރުމަށް ވެސް ފެސިލިޓީސް މެނޭޖްމެންޓުން މަސައްކަތް ފަށާފައިވާ ކަމަށް އެމްއޭސީއެލުން ބުނެފައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ