ސާއްބަ އެކުވެރި ކުލަބު ތިލަދެކުނު ފުޓްބޯޅަ މުބާރާތް ފެށީ މޮޅަކުން

ހަނިމާދޫ ކުޅިވަރު ފަހުގެ

މިއަދު ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ހަނިމާދޫ ސާއްބަ އެކުވެރި ކުލަބުގެ ފުރަތަމަ ލަނޑު މުހައްމަދު ޢަބްދުލް ޤަފޫރުގެ ހުރަހަކުން ކާމިޔާބު ކޮށްދިނީ ޢަލީ ހުސައިން ދަގަނޑޭއެވެ. އެއީ މެޗުގެ 3 ވަނަ މިނެޓުގައެވެ.

ޓީމް ނެއްލައިދޫ މެޗުގައި ޖެހި ހަމަ އެކަނި ލަނޑު ކާމިޔާބު ކުރީ ލިބުނު ޕެލަންޓީއަކުން ޙަސަން ސާމިލް އެވެ.

އިޝްތިހާރު
އިޝްތިހާރު

1-1 ފުރަތަމަ ހާފް ނިމުނު ނަމަވެސް ދެވަނަ ހާފުގައި ސާއްބަ އެކުވެރި ކުލަބުގެ މުހައްމަދު ޢަބްދުލް ޤަފޫރު ވަނީ ދެ ލަނޑުޖަހައި އެ ޓީމަށް މެޗު ކާމިޔާބު ކޮށްދީފައެވެ. އެއީ 74 ވަނަ މިނެޓްގައި ލިބުނު ހިލޭޖެހުމެއް ވައްދައިލައިގެންނާއި 86 ވަނަ މިނެޓް ގައި އަލީ ހުސައިން ނަގައިދިން ކޯނަރެއް ގޯލަށް ފޮނުވާލައިގެން އޭނާ ކާމިޔާބު ކޮށްދިން ދެލަނޑެވެ.

މެޗު މޮޅު ކުޅުން ތެރިޔަކަށް ހޮވުނީ ސާއްބަ އެކުވެރި ކުލަބް ކޮޅަށް މެޗު އަނބުރާލި މުހައްމަދު ޢަބްދުލް ޤަފޫރު އެވެ.

ދެން ސާއްބަ މެޗެއް ކުޅޭނީ މި މަހުގެ 13 ވަނަ ދުވަހު ކުޅުދުއްފުށީ ކުލަބް އިންފިނިޓީ އާއި ދެކޮޅަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ