ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ އިސްތިއުފާ ހުށަހަޅައިފި

ޚަބަރު ފަހުގެ

ބޭންކް އޮފް މޯލްޑިވްސް އިން މިއަދު ބުނީ އެބޭންކުގެ ސީއީއޯގެ މަގާމުގައި ހުންނެވި ކާލް ސްޓުމަކް އިސްތިއުފާ ދެއްވީ އިއްޔެ ކަމަށެވެ.

ސްޓުމަކް އިސްތިއުފާ ދެއްވުމާ ގުޅިގެން ބީއެމްއެލަށް އާ ސީއީއޯއެއް އައްޔަންކުރަންދެން ސީއީއޯގެ ޒިންމާތައް އަދާކުރައްވާނީ ޑެޕިއުޓީ ސީއީއޯ ޢާއިޝަތު ނޫރައްދީން ކަމަށް ބޭންކުން ވަނީ ހާމަކޮށްފައެވެ.

އިޝްތިހާރު
އިޝްތިހާރު

ބޭންކުން އިތުރަށް ބުނީ އަންނަ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބޭންކުގެ އެކްސްޓްރާ އޯޑިނަރީ ޖެނެރަލް މީޓިން އާއި ހަމައަށް ސްޓުމަކް ސީއީއޯގެ މަގާމުގައި ދެމިހުންނަވާނެ ކަމަށެވެ. ހަމައެއާއެކު ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން ސީއީއޯގެ މަގާމަށް ބޭފުޅަކު ހޯދުމުގެ މަސައްކަތް ފަށައިފައި ވާކަމަށްވެސް ބޭންކުން މަޢުލޫމާތު ދީފައިވެއެވެ.

ބީއެމްއެލް އިން ރުފިޔާ ކާޑުން ޑޮލަރު ނެގުމާ ގުޅޭގޮތުން ނިންމި ބޮޑު ނިންމުމާ ގުޅިގެން މީގެކުރިން ސަރުކާރުގެ ބައެއް އިސްވެރިން ވަނީ ބީއެމްއެލްގެ ސީއީއޯގެ މަގާމުން ސްޓުމަކް އިސްތިއުފާ ދެއްވުމަށްވެސް ގޮވާލައްވާފައެވެ.

ސްޓުމަކް ބީއެމްއެލް އާއި ގުޅުނީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި ހުންނަ އަލް އަހްލީ ބޭންކް އޮފް ކުވައިތުގެ ސީއީއޯގެ މަގާމުގައި ހުންނެވުމަށްފަހުއެވެ. އަދި ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރަކަށް އޭނާ އައްޔަނު ކޮށްފައިވަނީ 2022 ޑިސެމްބަރު 22 ގައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ