ގުރޭޑް 10 ގެ ދަރިވަރުން އެންމެ ބޮޑު އިސް ކަމެއް ދޭންވީ ވަކި ތާވަލެއްގެ ދަށުން ދިރިއުޅުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ކަމަށް އެޑިއުކޭޟަން މިނިސްޓްރީގެ ޕީއެސް މުޙައްމަދު ޝިފާޒު ވިދާޅުވެއްޖެއެވެ.
ޝިފާޒު މިހެން ވިދާޅުވީ ހަނިމާދޫ ސްކޫލަށް މިދިއަ ހަފުތާގައި ކުރެއްވި ޒިޔާރަތުގައި ނޫތަރި ކޮލަމުގެ ލިޔުން ތެރިން ނަށް ދެއްވި ބަސްދީ ގަތުމެއްގައެވެ.
ޝިފާޒު އިތުރަށް ވިދާޅުވީ 14 އަހަރުގެ ތައުލީމީ ހަޔާތް ނިންމާލާ ހަރުފަތަކީ ގުރޭޑް 10 ކަމަށް ވުމުން ވަޒީފާގެ މައިދާނަށް ނުކުތުމުގެ ކުރިން ކޮންމެވެސް ކަހަލަ ހުނަރެއް ނުވަތަ މަސައްކަތެއް ދަސްކުރުމަކީވެސް މިދަރިވަރުންނަށް ވަރަށް މުހިންމު ކަމެއްކަމަށެވެ.
ފަތިސްނަމާދުން ދުވަސްފަށައި އޭގެ ފަހުން ފިލާވަޅުތައް ދަސްކުރުމަކީ ކާމިޔާބު ދަރިވަރަކަށް ވުމަށް އެންމެ މުހިންމު އެއް ކަންތައް ކަމަށްވެސް ވިދާޅުވިއެވެ.
ބަސްދީގަތުން ނިންމަވާލައްވަމުން އެންމެފަހުގެ ނަސޭހަތަކަށް ވިދާޅުވީ މައިން ބަފައިންނާއި މުދައްރިސުންނަށް އިޙްތިރާމް ކުރާ ދަރިވަރުން ތަކަކަށް ވުމަށެވެ.