ފުލުހުން ބުނީ އެ ފައިސާ ވެއްޓި ގެއްލުނު ކަމަށް ރިޕޯޓްކުރީ މިދިޔަ ހޯމަ ދުވަހު ކަމަށާއި ފައިސާތައް ހޯދުނީ ކުރި މަސައްކަތުން ރޭގެ ވަގުތެއްގައި ކަމަށެވެ.
އެ މައްސަލައިގައި ހިމެނޭ ފައިސާތައް ހޯދީ ގަލޮޅު ޕޮލިސްގެ ފުލުހުން ސީސީޓީވީތައް ބަލައި، އެ ފައިސާތައް މަގުމަތިން ނެގި މީހާ ދެނެގަނެގެން ކަމަށް ފުލުހުން ބުންޏެވެ.
މިހާތަނަށް މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރު ނުކުރާކަން ފާހަގަކޮށް ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.