ފުލުހުން ބަލަމުންދާ މައްސަލައެއްގެ ތަހުގީގަށް 2 މީހަކު ހޯދަނީ

ޚަބަރު ފަހުގެ

ފުލުހުންގެ އިދާރާ އިން ވިދާޅުވި ގޮތުގައި މި ދެމީހުން ހޯދަނީ ޑްރަގް އެންފޯސްމަންޓުން ތަހުގީގު ކުރަމުންދާ، މަސްތުވާތަކެތީގެ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީއެވެ.

ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި މި ދެމީހުން ހޯދުމަށް ފުލުހުން މިވަނީ އިއުލާންކޮށްފައެވެ.

އިޝްތިހާރު
އިޝްތިހާރު

އެހެންކަމުން 30 ސެޕްޓެމްބަރު ވަނަ ދުވަހުގެ ހެދުނު 10:00އަށް ނުވަތަ ވީ އެންމެ އަވަހަކަށް މި ދެ މީހުން ސާޖަންޓު އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގއަށް ހާޒިރުވުމަށް ވަނީ އަންގާފައެވެ.

ފުލުހުން ހޯދަމުން އަންނަ ދެ މީހުންނަކީ ށ. ފޯކައިދޫ / ދަންމަރު، އަޙްމަދު ޒާހިދު (36އ)، ސ. ފޭދޫ / އެވަރެސްޓް، ޙުސައިން ޞާލިޙް (40އ) އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ