އެމްއޭސީއެލްއިން ބޭސިކް ފަޔަރ ފައިޓަރ ކޯހެއް ކުރިއަށް ގެންގޮސްފި

ޚަބަރު ފަހުގެ

ސިވިލް އޭވިއޭޝަން އޮތޯރިޓީއިން ފާސްކޮށްފައިވާ ބޭސިކް ފަޔަރ ފައިޓަރ ކޯހުގެ 29 ވަނަ ބެޗުގެ ތަމްރީންތައް ކުރިއަށް ގެންގޮސްފައިވަނީ 43 ދުވަހުގެ މުއްދަތަކަށެވެ. މިފަހުން ނިމުނު ބެޗުގައި ބައިވެރިވީ 12 މީހުންނެވެ.

އެ ކޯހުގެ ބައިވެރިންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި އެއާޕޯޓު ވަށައިގެންވާ ސަރަހައްދަގެ އިތުރުން މަތިންދާބޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގުމުން ކުއްލި ހާލަތެއް ހާލަތްތަކަށް ރައްދުދިނުމަށް ބޭނުންވާ ތަމްރީންތައް ފޯރުކޮށްދިނެވެ.

އިޝްތިހާރު
އިޝްތިހާރު

ނިމިދިޔަ 29 ވަނަ ބެޗުގެ ތަމްރީންތަކަކީ އެމްއޭސީއެލްއިން ކުރިއަށްގެންދާ ބޭސިކް ފަޔަރ ފައިޓަރ ކޯހުގެ ބެޗަކަށް އެ ކުންފުނީގެ އިން-ހައުސް ޓްރެއިނިންގް ބޭނުންކޮށްގެން ކުރިއަށް ގެންދިޔަ ފުރަތަމަ ތަމްރީންތައްކަމަށް ފާހަގަކޮށްލެވެއެވެ.

އެކޯސް ނިންމާލުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ލަމްޢާން ވަނީ، އެ ކޯސް ފުރިހަމަކަމާއެކު ކުރިއަށް ގެންދެވުނުކަމީ އެމްއޭސީއެލްގެ އިން-ހައުސް ޓްރެއިނިންގް ނިޒާމް ހަރުދަނާކަމުގެ ހެއްކެއްކަމަށް ދިވާޅުވެފައެވެ. ހަމައެހެންމެ، ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނީގެ މުވައްޒަފުންނަށް ދޭންޖެހޭ ތަމްރީންތައް ފޯރުކޮށްދިނުމަކީ ކުންފުނީގެ މެނޭޖްމެންޓުން މަސައްކަތްކުރާ ކަމެއްކަމަށް ލަމްޢާން ވިދާޅުވިއެވެ.

އެމްއޭސީއެލްއިން މިއަހަރު ޖޫން މަހު ވަނީ ޒަމާނީ ޓެކްނޮލޮޖީތަކުން ތައްޔާރުކޮށްފައިވާ އައު ފަޔަރ ސްޓޭޝަނެއް އިފްތިތާހުކޮށްފަ އެވެ. އެ ސްޓޭޝަނުގެ ސަބަބުން އެ ކުންފުނީގެ މުވައްޒަފުންނަށް ކުއްލި ހާލަތުގައި ހަލުވި ރައްދުދިނުމުގެ ގާބިލްކަން އިތުރުވިކަމަށް އެ ކުންފުނިން ބުންޏެވެ.

 

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ