ރައީސަށް އިންޒާރުދިނުން ޕީއެންސީ، ޖޭޕީ އަދި ސިޓީ ކައުންސިލުން ކުށްވެރިކޮށްފި

ޚަބަރު ފަހުގެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒަށް އަވަހާރަކޮށްލާނެކަމަށް ބުނެ އިންޒާރު ދިން މައްސަލަ ޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީ، ޖުމްހޫރީ ޕާޓީ (ޖޭޕީ) އަދި މާލެސިޓީ ކައުންސިލުން ކުށްވެރިކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާއަށް އިންޒާރުދިން މައްސަލަ ކުށްވެރިކޮށް ޕީއެންސީން ނެރުނު ބަޔާނުގައި ބުނީ ރައީސުލްޖުމްހޫރިއްޔާ އަވަހާރަކޮށްލާނެކަމަށް ބުނެ އިންޒާރުދިން މައްސަލައަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާ، މައްސަލަ އަވަހަށް ތަހުޤީޤުކޮށްދެއްވުމަށް އެދޭކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޖުމްހޫރީ ޕާޓީން ނެރުނު ބަޔާނުގައި ބުނީ ރައީސުލްޖުމްހޫރިއްޔާ އިންޒާރުދިން މައްސަލައަކީ ނާތަހުޒީބު ދަށުދަރަޖައިގެ އަމަލެއްކަމަށެވެ. އަދި އެ އިންޒާރަކީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާއަށް ދިން އިންޒާރެއް ނޫންކަމަށާއި އެއީ މުޅި ޤައުމަށްދީފައިވާ ބިރުވެރި އިންޒާރެއްގެ ގޮތުގައި އެ ޕާޓީން ވަނީ ސިފަކޮށްފައެވެ. އެހެންކަމުން އިންޒާރުދިން މީހާއާމެދު އަޅަންޖެހޭ ޤާނޫނީ ފިޔަވަޅު އަވަސްކުރުމަށްވެސް ޖޭޕީން ވަނީ ގޮވާލާފައެވެ.

މާލެސިޓީ ކައުންސިލުން ވިދާޅުވީ މިފަދަ ކަންތައްތަކަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަންތައްތަކެއް ނޫން ކަމަށާއި މިއީ އަނިޔާވެރިކަމާއި ރަހުމު ކުޑަ އަދި ވަރަށް ދަށު ދަރަޖައިގެ ފިނޑި އަމަލެއް ކަމަށެވެ. ކައުންސިލުން ވިދާޅުވި ގޮތުގައި، އެކަމަކީ މުޖުތަމައު ތެރޭގައި ބިރުވެރިކަމާއި ނާމާންކަން އުފެއްދުމަށް ހިންގާ ޓެރަރިޒަމްގެ އަމަލެއް ކަމަށް ކައުންސިލުން ދެކޭ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒަށް މަރުގެ އިންޒާރު ދިން މީހެއްގެ މައްސަލަ ބަލަމުންދާކަމަށް ފުލުހުންގެ ޚިދުމަތުން ވަނީ ވިދާޅުވެފައެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ނެރުއްވި ބަޔާނެއްގައި ވަނީ “އަބްލޯ މިޔާދު ޔޫސުފް” ގެ ނަމުގައި، ސޯޝަލް މީޑިއާގައި ރައީސުލްޖުމްހޫރިއްޔާއަށް މަރުގެ އިންޒާރު މީހަކު ދީފައިވާ މީހެއްގެ މައްސަލަ ސީރިރިއަސް މައްސަލައެއްގެ ގޮތުގައި ތަހުޤީޤު ކުރަން ފަށާފައިވާ ކަމަށް ވިދާޅުވެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އޭނާ އިންޒާރު ދީފައިވަނީ މީސްމީޑިއާގައި އެމަނިކުފާނު ކޮށްފައިވާ ޕޯސްޓަކަށް ކުރި ކޮމެންޓެއްގައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ