ބޭންކް ފަންޑުން މިއަހަރު އެހީތެރިކަން ފޯރުކޮށްދޭ ޖަމުޢިއްޔާތައް ކަނޑައަޅައިފި

ޚަބަރު ފަހުގެ

ބީއެމްއެލްގެ ބެންކު ފަންޑަކީ ޖަމުޢިއްޔާތައް ބާރުވެރިކުރުމަށާއި ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދިއުމުގެ މަޤްޞަދުގައި ތައާރަފްކުރައްވާފައިވާ ފަންޑެކެވެ.

‘ބޭންކް ފަންޑް’އަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މާލެއާއި އަތޮޅުތެރޭގެ ރަށްރަށަށް ނިސްބަތްވާ އަދި ރަޖިސްޓްރީކޮށްފައިވާ ޖަމިއްޔާތަކަށެވެ. އަދި ފަންޑު ހޯދުމަށް ހުޅުވާލާފައިވަނީ ތިމާވެއްޓާއި ގުޅުންހުރި ޕްރޮޖެކްޓްތަކާއި ތަޢުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން މުޖުތަމަޢުގެ ލާބަޔާއި މަންފާއަށް އަމާޒުކޮށްގެން ހިންގާ ޕްރޮޖެކްޓްތަކެއް ކަމަަށްވެސް ބީއެމްއެލްއިން ވިދާޅުވެއެވެ. މިގޮތުން ބޭންކް ފަންޑުން ކޮންމެ އަހަރަކު ފަސް މަޝްޜޫއަކަށް 200،000 ރުފިޔާގެ ހިލޭ އެހީ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އިޝްތިހާރު
އިޝްތިހާރު

ބީއެމްއެލްއިން ވިދާޅުވީ މިއަހަރު ބޭންކް ފަންޑުން އެހީތެރިކަން ހޯދުމަށް ޕްރޮޕޯސަލް ހުށަހެޅި ޖަމުޢިއްޔާތަކުގެ ތެރެއިން ފަންޑިން ފޯރުކޮށްދޭނެ 5 ޖަމުޢިއްޔާއެއް ކަނޑައަޅުއްވާފައިވާކަމަށެވެ. ބޭންކް ފަންޑުން މިއަހަރު އެހީތެރިކަން ފޯރުކޮށްދޭން ނިންމި ޖަމުޢިއްޔާތަކަކީ،

* މުރަކަ ފާމް

ކަނޑުގެ ދިރުންތައް ރައްކާތެރިކޮށް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް ބ. ދަރަވަނަދޫގައި މުރަކަ އާލާކުރުމުގެ މަޝްރޫޢު

* ޗިލްޑްރަން އޮފް މޯލްޑިވްސް

ތިމާވެއްޓާމެދު ޝައުގުވެރިކަން އުފައްދައި، ހޭލުންތެރިކޮށް، އިލްމީ މައުލޫމާތު ފޯރުކޮށްދިނުމަށް ވިލިމާލޭގައި ލައިބްރަރީއެއް ގާއިމްކުރުން

*ދިއްގަރު އެކުވެރި ޒުވާނުންގެ ގުޅުން

ކާބޯތަކެތީގެ ރައްކާތެރިކަމާއި ދެމެހެއްޓެނިވި ދަނޑުވެރކަމުގެ އާދަތަކާއެކު ހިންގާ ދަނޑުވެރިކަމުގެ މަޝްރޫޢު

*ވޭމަންޑޫ ޒުވާނުންގެ ގުޅުން

ހަމަހަމަ ފުރުސަތު ހޯދައިދިނުމަށް ތ. ވޭމަންޑޫ ސްކޫލުގައި ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ސެންސަރީ އަދި ވޮކޭޝަނަލް ތަމްރީނުތަކަށް ޓްރެއިނިންގ ރޫމެއް ޤާއިމްކުރުން

* ޔުނިޓީ ސްޕޯޓްސް އެކަޑަމީ

ޓެކްނޮލޮޖީ އަދި ކުޅިވަރުގެ ޒަރިއްޔާއިން ޒުވާނުން ބާރުވެރިކުރުމަށް ށ. ފުނަދޫ ސްކޫލުގައި މީޑިއާ އަދި ކުޅިވަރު ލެބްތައް ތަރައްގީކުރުން

ބީއެމްއެލްގެ ސީއީއޯ އަދި އިންޗާރޖް އޮފް ދަ ބޭންކް ޢާއިޝަތު ނޫރައްދީން ވިދާޅުވީ ބޭންކް ފަންޑަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހެޔޮ ބަދަލުތަކެއް ގެނައުމަށްޓަކައި ޖަމިއްޔާތަކާއެކު މަސައްކަތްކުރުމަށް އަޅުގަނޑުމެން ކުރާ މަސައްކަތުގެ ވަރަށް ފުރިހަމަ މިސާލެކަމަށެވެ.

“މި ފަސް ޕްރޮޖެކްޓުން އަޅުގަނޑުމެންގެ މުޖުތަމައުއަށް ދެމެހެއްޓެނިވި ގޮތެއްގައި ފައިދާ ކުރާނެ. އަދި ޕްރޮޖެކްޓްތަކަށް އެހީތެރިވެދޭކަމީ އަޅުގަނޑުމެންނަށް ލިބޭ ފަހުރެއް.” މި ފަންޑްއާއި ބެހޭގޮތުން ވާހަކަދައްކަމުން ބީއެމްއެލްގެ ސީއީއޯ އަދި އިންޗާރޖް އޮފް ދަ ބޭންކް ޢާއިޝަތު ނޫރައްދީން ވިދާޅުވިއެވެ.

ބީއެމްއެލްއިން މީގެކުރިން ވަނީ ޖަމުޢިއްޔާތައް ބާރުވެރިކުރުމަށާއި ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދިއުމުގެ ކޮމިއުނިޓީ ފަންޑުގެ ނަމުގައިވެސް ހާއްސަ ފަންޑެއްގެ މަސައްކަތް ކުރިއަށް ގެންދަވާފައެވެ. އެ ފަންޑުން ވަނީ 100 މަޝްރޫޢަކަށް އެހީތެރިކަން ފޯރުކޮށްދެއްވާފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ